ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

14 ދުވަސްތެރޭގައި 24 މިލިއަން ޑޮލަރު ހިލްޓަންއަށް ދެއްކުމަށް ސަން ޓްރެވަލް އަށް އަމުރުކޮށްފި

އެމްޑީއޭގެ ލީޑަރު ސިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަން ޓްރެވަލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު (370.8 މިލިއަން ރުފިޔާ) ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ސިވިލްކޯޓުން ތާއީދުކޮށް އެ ފައިސާ 14 ދުވަސް ތެރޭ ދެއްކުމަށް ސަންޓްރެވަލްސްގެ މައްޗަށް އަމުރުކޮށްފިއެވެ.

ސަން ޓްރެވަލްސްއާއި ދެކޮޅަށް ހިލްޓަން އިން އުފުލާފައިވާ މައްސަލަ އެކުންފުނީގެ ކޮޅަށް ނިމިފައިވަނީ ހަތް އަހަރު ފަހުންނެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ސިވިލްކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެމައްސަލައިގައި ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން ގޮތެއް ނިންމައި ދެފަރާތުގެ ދެމެދު ވެފައިވާ އެގްރިމަންޓްަކީ ސައްހަ އެއްބަސްވުމެއް ކަމަށް ބަލައިގަނެ އަދި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން މި މައްސަލައިގެ މައުޟޫއާ ގުޅިގެން ދެން އިތުރު ދައުވާތައް ނުކުރެވޭނެ ކަމަށް ނިންމާފައިވާއިރު، މައްސަލައިގެ މައުޟޫއަށް އަލުން ވަދެ މައްސަލަ ބެލޭނެ ގާނޫނީ ހަމައެއް އޮތް ކަމަށް ޝަރީއަތުން ނުދެކޭ ކަމަށެވެ.

ސިވިލްކޯޓުން  ސަންޓްރެވަލްސްގެ މައްޗަށް އަމުރުކޮށްފައިވަނީ މިހާތަނަށް ހިލްޓަންއަށް ދައްކާފައިވާ ފައިސާ އުނިކުރުމަށްފަހު ބާކީ ނުދެއްކިވާ ފައިސާ އާއި ޖޫރިމަނާ އަދި އިތުރު ހަރަދުތައް 14 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ނ. މެދުފުށީގައި ސަން ޓްރެވަލްސް އިން ހަދާފައިވާ އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ހިންގުމަށް ހިލްޓަން އާ ހަވާލްކުރީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް އެ އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ ސަން ޓްރެވަލްސް އިން އެ އެއްބަސްވުން 2013 ވަނަ އަހަރު ވަނީ ބާތިލްކޮށްފައެވެ.

އެއްބަސްވުން ބާތިލްކުރި މައްސަލަ ހިލްޓަން ކުންފުނިން ބައިނަލްއަގްވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމުން، އެމައްސަލައިގައި 2015 ވަނަ އަހަރު އާބިޓްރޭޝަން ކޯޓުން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި ސަންޓްރެވަލްސް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދިނުމަށެވެ.

އެ އަމުރު ތަންފީޒްކުރުމަށް ހިލްޓަން އިން ސިވިލްކޯޓަށް ހުށަހެޅުމުން އެކޯޓުން ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ސަންޓްރެވަލްސްގެ އެކައުންޓް ތައް ފްރީޒްވެސް ކޮށްފައެވެ. އަދި ސަން ޓްރެވަލްސްގެ މަސްއޫލުވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން އަމުރުވެސް ކޮށްފައިވެއެވެ.

ވަރަށް ގަދަ
53%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 13%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: