ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ކޮންމެ ދުވަހަކު ގޮސް އެތާ ފޫކޮޅު ހަރައިގެން އިނުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫން: ޝިޔާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް-
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ކޮންމެ ދުވަހަކު ދިޔުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫން ކަމަށް ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އެންމެ ހާޒިރީ ދަށް މެމްބަރުންގެ ތެރޭގައި ސިޔާމް ހިމެނިވަޑިގަންނަވައެވެ. މަޖިލީހުގެ ހާޒިރީ ރިޕޯޓުތަކުން އެނގޭ ގޮތުގައި އޭނާ އެންމެ ފަހުން މަޖިލީހަށް ވަޑައިގަތީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެންމެ ދުވަހެއްގަ އެވެ. އޭނާ އެ ދުވަހު ވަޑައިގަތީ މި އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓް ބަހުސްގެ ޖަލްސާއަކަށެވެ.

މިކަމާ ގުޅިގެން ސީއެންއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ކޮންމެ ދުވަހަކު މަޖިލީހަށް ވަޑައިގެން ރައްޔިތުންނަށް ފައިދާ ނުކުރާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރަން ނުޖެހޭ ކަމަށާއި އެގޮތުން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަންކަން ކުރުމަކީ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

“މަޖިލީހުގެ އެންމެ ހާއްސަ ކަންތައްތަކުގައި އަޅުގަނޑު އަބަދުވެސް މަޖިލީހަށް ދަން. މަޖިލީހަށް ކޮންމެ ދުވަހަކު ގޮސް އެތާ ފޫކޮޅު ހަރައިގެން އިނުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫން” ސިޔާމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މައްސަލައިގެ އިންކުއަރީއެއް ހަދަމުންދާ 241 ކޮމިޓީގެ ޖަލްސާއަކަށް ސިޔާމް ވަނީ ދާދި ފަހުން ހާޒިރު ވެފައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އޭނާއަށް ފާޑު ވިދާޅުވެފަ އެވެ.

އެމްޑީއޭގެ ލީޑަރު ސިޔާމް އަބަދުވެސް ފާހަގަކުރެވިފައި ވަނީ މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ. މަޖިލީހުގެ މެމްބަރުންގެ ހާޒިރީ ލިސްޓުގެ އެންމެ ފުލުގައި ސިޔާމްގެ ނަން ނުހިމެނޭ ފަހަރެއް މަދުވާނެ އެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޚޮންމެ މަހަކު ގަވައިދުނެ މުސާރަ ނުގުމަކިީ ވަރަށް ބޭނުން ކަމެއް. ޙަޜާމެއް ހަލާލެއް ބަލާނެކަމެއްތް. ޅަދު ހަޔާތް ކުޑަޔަސް ބޮޑުވަރު!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: