ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަން ސިޔާމްގެ ރީތިކަމަށް ބަލާފަވެސް ވޯޓް ލިބޭނެ، ސްމާޓް ބޭފުޅެއް: އެމްޑީއޭ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީއޭގެ ރައީސް އަހުމަދު ޝިޔާމް މުހައްމަދަކީ ވަރަށް ރީތި ޒުވާން ބޭފުޅެއް ކަމަށާއި ރީތިކަމަށްވެސް ވޯޓްދޭ ކަމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލައިންސް  (އެމްޑީއޭ) ގެ ނައިބު ރައީސް އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

“ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އޭރުގެ ގައުމީ ޕާޓީގެ ލީޑަރު ޑރ ހަސަން ސައީދަށް ވޯޓް ދެއްވީ އެބޭފުޅާ ރީތިވީމަކަމަށެވެ.

މައުރޫފް ވިދާޅުވީ 2008 ވަނަ އަހަރު ހަސަން ސައީދަށް 25000 ވޯޓް ލިބުނުކަމަށާއި އެ ހުރިހާ ވޯޓެއް ލިބިގެން ދިޔައީ ހަސަން ސައީދުގެ ރީތިވީމި ކަމަށް މައުރޫފް ވިދާޅުވިއެވެ.

” ހަސަން ސައީދުގެ ރީތިކަމަށް ވޯޓް ދިނީ. އެހެން ކޮން ކަމަކަށްތޯ؟ އެއްވެސް ވިޔަފާރި އެއް ކުރި ބޭފުޅެއް ނޫން. އެއްވެސް ތަނަވަސްކަމެއް، މާލީ ތަނަވަސްކަމެއް ހުރިބޭފުޅެއް ނޫން، ހަމަ ކުޑަ ދުވަސްކޮޅަކު ރައީސް މައުމޫން އާއި އެކީގައި އެވެރިކަމުގެ ކޮއިލުތެރޭގައި އުޅެލިކަން. އެހެންނަމަވެސް އަޅުގަނޑު ކައިރި އެތައް އަންހެން ކުދިންނެއް އެތައް ކުދިންނެއް ބުނި ހަސަން ސައީދަށް ވޯޓް ދިނީ  ރީތިކަމުންނޭ. އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އިނގޭ އެމެރިކާގައި ވެސް ބިލް ކްލިންޓަން އަށް ވެސް އޮބާމާ އަށް ވެސް ވޯޓް އެބަ ލިބޭ ކަން ވަކި ޕަސެންޓެއް މީހާގެ ރީތިކަމަށް. އެހެންވީމަ އަޅުގަނޑުމެންގެ ރައީސަށް ވުރެ ސްމާޓް ރީތި ބޭފުޅެއް ނެތް މިއަދު ރިޔާސީ ރޭހަކު” މައުރޫފް

އެހެން ކަމުން އެއީ އެމްޑީއޭއަށް އޮތް ވަރަށް ބޮޑު ޕްލަސް ޕޮއިންޓެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވަނީ ކުރިޔަށް އޮތް 2023 ގެ އިންތިހާބަށް ޕާޓީގެ އެންމެ ބޮޑު އަމާޒަކީ 30،000 މެމްބަރުން ހަމަކުރުންކަން ފާހަގަކުރައްވާފަ އެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 72%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 3%ވަރަށް ދެރަ 12%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: