ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބުރައީސްގެ ހައިސިއްޔަތުން ދައްކަވާފައި ވަނީ ރީތި މިސާލެއް: އާދަމް ޝަރީފް

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބުރައީސްގެ ހައިސިއްޔަތުން ފައިސަލް ނަސީމް ދައްކަވާފައި ވަނީ ނަމޫނާ، ރީތި މިސާލެއްކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިހްލާސްތެރިކަމާއި އަދި ވަފާތެރިކަމާއެކު ނައިބުރައީސް ގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވުމަކީ އެމަނިކުފާނުގެ ނަންފުޅު ދިވެހި ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ކަމެއް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަނިންމެޓަކަށް ވުމުގެ ކުލަ ހުވަފެން ދައްކަވާ އެ ފުރުސަތު ނުދެއްވުމުން އިހުލާސްތެރިކަމާއި އަދި ތެދުވެރިކަމާއިއެކު ކުރައްވާ މަސައްކަތަށްވުރެ ޕޮލިޓިކްސްގެ ވިހަ ގަދަ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޙާބުގައި އިބްރާހިމް މުހައްމަދު ސާލިހްގެ ރަނިންމޭޓަކަށް ވުމަށް ފައިސަލް ނަސީމް ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު ރައީސް ވިދާޅުވެފައިވަނީ ފައިސަލް އަށް އެފުރުސަތު އޮތް ކަމަށެވެ. ނަމަވެސް ރައީސްގެ ރަނިންމޭޓަކަށް ހަމަޖައްސައިފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

އަސްލަމް ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސާފައި ވަނީ މިހާރުގެ ނައިބުރައީސް އާއި ފޮރިން މިނިސަޓު އަބްދުﷲ ޝާހިދު ގެ އިތުރުން އިގްތިސާދީ ވަޒީރު ފައްޔާޒުވެސް އެ މަގާމަށޤ ކުރިމަތިލައްވާނެ ކަމަށް ބުނެ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވަނިކޮށެވެ. ނައިބުރައީސް ފައިސަލް އާއި އަދި ޝާހިދު މިކަމަށް އެެއްޗެއް ބުނުއްވާފައި ނުވާއިރު ފައްޔާޒް ވަނީ އޭނާ ވާދަ ނުކުރައްވާ ކަމަށް ވީދާޅުވެފައެވެ.

ރައީސް ވިދާޅުވެފައިވަނީ ރަނިންމޭޓެއް ކަނޑައެޅުމަކީ އެމަނިކުފާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައެވެ. އަދި ރަނިންމޭޓަކު ކަނޑައެޅުމައްޓަކައި އެމަނިކުފާނު ވަނީ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާ މަޝްވަރާ ކުރައްވާފަ ކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: