ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑަވެލީގައި އެމްޑީޕީގެ ޖަލްސާ އޮންނަ ތަނުގައި ރޯކޮށްލުން: ރައީސް އެދިވަޑައިގަތީ ބަދަލު ނުހިފުމަށް!

މަޑަވެލީގައި ރައީސް ސާލިހުގެ ޖަލްސާ ބޭއްވުމަށް ތައްޔާރުކުރި ތަނުގައި ރޯކޮށްލުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުގެ އެއްވެސް އަމަލަކަށް ރައްދުދެއްވުމުގެ ގޮތުން ކަންކަން ނުކުރެއްވުމަށް، އަދި ރައްދު ނުދެއްވުމަށް ރައީސުލުޖްމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ގދ މަޑަވެލީގައި ވާހަކަދައްކަވަމުން ރައީސް ސާލިހު އެންމެ ފުރަތަމަ އިޝާރާތްކުރެއްވީ، އެ ރަށުގައި ބޭއްވުމަށް އެމްޑީޕީއިން ތައްޔާރުކުރި ޖަލްސާ އޮންނަ ސަރައްހަދުގައި ހުރި ތަކެތީގައި އިދިކޮޅުން އަލިފާން ރޯކޮށް، އަންދާލާފައިވާތީ އެކަމަށެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބެއްގެ ކެމްޕެއިންގައި ވާދަވެރި ކެނޑިޑޭޓުން ހަރަކާތްތެރިވެ އުޅެނިކޮށް، މިފަދަ ކަމެއް ކުރމަކީ ދެރަކަމެއްކަމަށެވެ.

އިދިކޮޅުގެ މަގްސަދަކަށްވަނީ ފޯކަސް ގެއްލުވާލުންކަމަށާއި، ހަމަނުޖެހުން އުފެއްދުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުން ދޭހަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑު ތަނުން އެމްޑީޕީއަށް ކާމިޔާބުވާނެކަންކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އެމަނިކުފނަަށް އިންތިހާބު ކާމިޔާބުުވާނެކަން އިދިކޮޅަށްވެސް އިނގޭތީ އެކަމަށް ހުރަސް އަޅުމަށް، ކުރައްވާ ކަމެއްގެ ގޮތުގައި ރައީސް ސާލިހު ސިފަކުރެއްވިއެވެ.

އިންތިހާބު ކާމިޔާބުވާނީ ވޯޓުންކަމަށާއި، ހަމަނުޖެހުން އުފައްދައިގެން އިންތިހާބުގައި ކާމިޔާބީ ނުލިބޭނެކަމަށް ވިދާޅުވެ، ރައީސް އެދިވަޑައިގެންނެވީ އިދިކޮޅުން ކުރާ އެފަދަ ކަންކަމަށް ރައްދުދެއްވުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރެއްވުމަށެވެ.

މި ޖަލްސާ ފައްޓާވަމުން އެމްޑީޕީގެ ޑެޕުއިޓީ ޗެއާޕާސަން އިބްރާހީމް ވަހީދުވެސް ވަނީ މިކަން ކުށްވެރި ކުރައްވާފައެވެ. އަދި ހުރިހާ ކެނޑިޑޭޓުނަށްވެސް ބިރަކާއި ނުލައި ކެމްޕެއިންކުރުމުގެ ފުރުސަތު އޮންނަންޖެހޭނެކަމަށް ވިދާޅުވެ، މިއާއި ހިލާފަށް އަމަލުކުރުމަކީ ގާނޫނާއި ހިލާފުކަމެއްކަމަށް ވިދާޅުވިއެވެ.

މަޑަވެލީގައި ރައީށް ސާލިހު ވާހަކަދައްކަވަަމުން ދިޔަ ވަގުތުވެސް އިދިކޮޅު ފަރާތްތަކުން ދިޔައީ، ރައީސް ސާލިހަކީ ވަގެއްކަމަށް ތުހުމަތުކޮށް، އިހުތިޖާޖު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: