ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރބަން ސެންޓަރ ހުޅުމާލޭގައި ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ސެންޓްރޯ މޯލްގައި އާރބަންކޯ ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.

އާރބަން ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ އާރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އާރބަން ސެންޓަރަކީ އަރބަންކޯގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި އެއްތަނަކުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ހުޅުވައިފައިވާ ސެންޓަރެކެވެ. މިއީ ކުންފުނި އިތުރަށް ކުރިއަރާ ފުޅާވަމުން ދާވަރަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިގެންދާ ވަރަށް ބޮޑު މަސައްކަތެއްކަމަށް ވަނީ ވިދާޅުވެފައެވެ.

މިގޮތުން އޮންލައިން ކޮށް ސާރވިސަސް ބޭނުންކުރުމަށް ދަތިފުޅުވާ ބޭފުޅުން، އާރބަން ސެންޓަރަށް ވަޑައިގަތުމުން އާރބަންކޯގެ މުވައްޒަފުން އެފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މީގެ އިތުރުން އާރބަންކޯގެ ކަސްޓަމަރުންނަށް އެންމެ ގާތުން ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ރަނގަޅު ޖާގަ ތަނަވަސް މާހައުލެއްވެސް ވަނީ ފޯރުކޮށްދީފައެވެ.

ފާއިތުވިދިޔަ 5މަސް ތެރޭގައި އާރބަންކޯއިން ވަނީ 52،497 ފޯނުކޯލަށް ޖަވާބު ދެއްވާފައެވެ. އަދި 47،69 މައްސަލަތައް ހުށަހަޅާފައިވާއިރު އޭގެ 78 އިންސައްތަ މައްސަލަ ވަނީ ހައްލުކުރެވިފައެވެ.

އާރބަން ސެންޓަރަކީ އާރބަންކޯގެ ހުރިހާ ކަސްޓަމަރުންނަށް އަޅުގަނޑުމެންގެ ހިދުމަތްތައް އެއްތަނަކުން ފަސޭހަގޮތަކަށް ލިބޭނެ ގޮތް ހެދުމަށް ފަރުމާކުރެވިފައިވާ ސެންޓަރެކެވެ. މި ކުންފުނީގެ ކަސްޓަމަރުންނަށް ބޭނުންވާ ކަންކަން ގާތުންބަލާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: