ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންނާއި ބޭރު މީހުންނާއި ދެމެދު ބޮޑެތި ތަފާތުކުރުންތައް އެބަހުރި: ނާޒިމް

އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާސް މުޙައްމަދު ނާޒިމް / ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންނާއި ބޭރު ގައުމުތަކުގެ ރައްޔިތުންނާއި ދެމެދު ބޮޑެތި ތަފާތުކުރުންތައް އޮތްކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ

ބ އަތޮޅު ދަރަވަންދޫގައި ކުރިއަށް ގެންދިޔަ އެމްއެންޕީގެ ރިޔާސީ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ވަޒީފާގެ ފުރުސަތު ނެތް ވާހަކަތައް އިވިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، އޭނާ ވިދާޅުވީ، އެ މައްސަލަ އުފެދިފައިވަނީ ސަރުކާރުތަކަށް ވަޒީފާ އުފައްދަން ނޭނގުމުންކަމަށް ދަންނަވާކަމަށެވެ. ނާޒިމް ވިދާޅުވީ، އެމްއެންޕީއިން ވެރިކަމަށް ވާސިލުވުމަށް މަސައްކަތްކުރަމުންދަނީ ވަޒީފާ އުފެއްދުމަށްކަމަށެވެ.

ނާޒިމް ވިދާޅުވީ، ގެސްޓު ހައުސް ހަދައި ތަޅުދަނޑި ހަވާލުކުރުމަކީ އެމްއެންޕީގެ ސިޔާސަތެއްކަމަށެވެ. އޭނާ ވިދާޅުވީ އެ ނޫން ގޮތަކަށް ޒުވާނުންނަށް ފުރުސަތު ލިބިގެންނުދާނެކަމަށެވެ. އެހެންކަމުން ސެޕްޓެމްބަރު މަހު ވޯޓު ދެއްވާއިރު އެކަމަށް ރިއާޔަތްކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި އެމްއެންޕީގެ ވެރިކަމެއްގައި ބ އަތޮޅުގެ ރަށްތައްވެސް ހިމެނޭހެން އެ ސިޔާސަތުގެ ދަށުން އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އަންހެން ބޭފުޅުން ކުރައްވަމުންދާ މަސައްކަތްތަކަށްވެސް ނާޒިމް އަލިއެޅުއްވިއެވެ. އޭނާ ވިދާޅުވީ، އެ ސަރަހައްދުގެ އަންހެނުންނާކީ ފަންގިވިނުމާއި ރޯނު ވެށުމުގައި ފުންނާބު އުސްކޮށް މަސައްކަތްކުރަމުންދާ ބައެއްކަމަށެވެ. އެގޮތުން އެ ސަރައްދުގެ މަސައްކަތްތެރިން މަގުމަތިން ހިނގަމުންދަމުންވެސް އެ މަސައްކަތްތައް ކުރަމުންދާ މަންޒަރު ފެނިގޮސްފައިވާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ބ އަތޮޅަކީ މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ރޫހެއް އޮތް ސަރަހައްދެއްކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަށް އިތުރަށް ފުރުސަތު ފަހިކޮށްދޭންޖެހޭކަމަށެވެ. އެހެންނަމަވެސް ފެނިގެންދަނީ އެހެން މަންޒަރެއްކަމަށް ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، އުފައްދާ ތަކެތި ވިއްކުމުގައި ދަތިތައް ކުރިމަތިވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ހާލުގައި ކުޑަ އަގެއްގައި އެ ތަކެތި ވިއްކުމަށްފަހު މަސައްކަތްތެރިން ރޯލަ ރޯލައި ތިބެންޖެހޭކަމަށެވެ. އެހެންކަމުން އެކަމަށް ހައްލުތަކެއް ގެނައުމަށްޓަކައި އެމްއެންޕީގެ ވެރިކަމެއްގައި ބޭރު ގައުމުތަކުން އެފަދަ ތަކެތި އިމްޕޯޓުކުރަން އޮންނަ ޑިއުޓީ ބޮޑުކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެކަން މެދުވެރިކޮށް ދިވެހި އުފެއްދުންތައް ގަތުމަށް ރިސޯޓުތަކަށް މަޖުބޫރުކުރައްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ކުރައްވަމުންދާ ދަތުރުތަކުގައި އިތުރު މައްސަލަތައް ފާހަގަކުރެވެމުންދާކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބ އަތޮޅު ސަރަހައްދުގެ ރިސޯޓުތަކުން ދިވެހިންނަށް ވަޒީފާ ދެމުންދާ މިންވަރުތައް މަދުކަމަށް ފާހަގަކުރެއްވިފައިވާކަމަށެވެ. އަދި ބައެއް ރިސޯޓުތަކަށް ދިވެހިން އެރުންވެސް މަނާކަމަށާއި އެހެންކަމުން އެ ސިޔާސަތު ބަދަލުކުރަންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދިވެހިންނާއި ބޭރު މީހުންނާއި ދެމެދު ބޮޑެތި ތަފާތުކުރުންތައް ފެނިގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: