ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އަޅުގަނޑާ ކުޅުއްވަން ނޫޅޭ: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އޭނާއާއި “ކުޅުއްވަން” މަސައްކަތްނުކުރެއްވުމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ރައީސް ސާލިހަށް ގޮވާލައްވައިފިއެވެ.

އެމްއެންޕީއިން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އޭނާ އަދި އެމްއެންޕީގެ މެމްބަރުން ތިއްބެވީ ފަސްޖެހިވަޑައިގަންނަވާ ގޮތަށް ނޫންކަމަށާއި ރައީސްއަށް އެ ޕާޓީ ބަލިނުކުރެވޭނެކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިރާދަކުރެއްވިއްޔާ ރައީސް ސާލިހުގެ މައްޗަށް ކާމިޔާބު ހޯއްދަވާނެކަމަށެވެ.

ނާޒިމްވަނީ އެމްއެންޕީއަށް ބިރު ދައްކަން މަސައްކަތްނުކުރެއްވުމަށްވެސް ރައީސް ސާލިހަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، ކޯނީ ރިޕޯޓު ފަދަ އެކި ތަފާތު ވާހަކަތައް ދައްކަވާނެކަމެއް ނެތްކަމަށާއި އޭނާ ފަހަތުން ދުވެވޭނެ ގޮތެއް ނޯންނާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭނާގެ ފަސްބައި ސާފުވާނެކަމަށެވެ. ނާޒިމް ވިދާޅުވީ، އޭނާގެ ހިދުމަތުގެ 25 އަހަރާއި އިތުރު އަހަރުތައްވެސް ހޭދަކުރެއްވީ އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއިއެކުކަމަށެވެ. އެހެންކަމުން އޭނާއަށް ކުޅުއްވަން މަސައްކަތްނުކުރެއްވުމަށް ރައީސް އަށް ގޮވާލައްވާކަމަށާއި އަމިއްލަ މަސައްކަތްތަކާއިގެން އުޅުއްވުމަށްވެސް އިލްތިމާޒްކުރެއްވިއިރު، މަސައްކަތްތައް ހުއްޓާލައްވާނީ ރައީސް ސާލިހު ވެރިކަމުން ބާލާފައިކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވެރިކަން ހޯދުމަށް މަސައްކަތްކުރައްވަމުންދަނީ ދިވެހިން އެދޭ ބަދަލުތައް ރާއްޖެއަށް ގެންދެއްވުމަށްޓަކައިކަމަށެވެ. އޭނާ ވިދާޅުވީ، އޭނާގެ ހުވަފެނެތް އެބަ އޮތްކަމަށާއި އެ ހުވަފެނަކީ ދިވެހިން އުފާވެރިކަންމަތީ ފުދުންތެރިކަމާއިއެކު ދިރިއުޅުންކަމަށެވެ. އަދި މަސައްކަތްކުރައްވަމުންދަނީ ވެރިކަން ހާއިލުކޮށް ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުކޮށްލުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވަނީ ކެމްޕެއިން ދަތުރުގެ ތެރެއިން ފެނިވަޑައިގެންނެވި ބައެއް ކަންކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ބިންމަތީގައި ކާޑުބޯޑު އަޅައިގެން ނިދަންޖެހޭ ހާލަތުގައި ބައެއް ގޭބިސީތައް ހުރިކަމަށާއި އިޝީނދެލާނެއް ޖާގެއް ނެތް ގެތަކާއި މުނިފޫހިފިލުވާލުމަށް ޓީވީއެއް ނެތުމުގެ އިތުން ދޮރުފަތްވެސް ނެތް ގެތަކަށް ވަދެވަޑައިގެންނެވިކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެއީ ދިވެހިންނަށް ހައްގު މިންވަރުތޯ އޭނާ ސުވާލު ކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، ސަރުކާރުތަކުންވަނީ ބޮޑުތަނުން ފެއިލްވެފައިކަމަށާއި އެމްއެންޕީއިން ވެރިކަމަށް މަސައްކަތްކުރަމުންދަނީ ރައްޔިތުންނަށް އުފާވެރިކަމެއް ގެނެސްދިނުމުގެ މަގުސަދުގައިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 22%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: