ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހިންމީ ކުރާ ހަރަދުތައް އެކަށީގެންވާ ގޮތަކަށް ކުރުން: ކުރީގެ މިނިސްޓަރު ނާޒިމް

ކުރީގެ މިނިސްޓަރު ނާޒިމް: ފޮޓޯ/ ސަންގުޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ދާއިރާއަށް މިވަގުތު އެންމެ މުހިންމީ ބައިވަރު ހަރަދުތަކެއް ކުރުން ނޫންކަމަށާއި މުހިންމީ ކުރާ ހަރަދުތައް އެންމެ ރަނގަޅު ގޮތުގައި ކުރުންކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “2023ގެ ރައީސް” ޕްރޮގްރާމްގައި ސިއްހީ ދާއިރާއާއި މެދު ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މިވަގުތު އެންމެ މުހިންމީ ކުރާ ކޮންމެ ހަރަދެއްވެސް އެންމެ ފައިދާވަނިވި ގޮތެއްގެ މަތިން ކުރުންކަމަށެވެ. އޭނާ ވިދާޅުވީ، ބޭސް އެތެރެކުރުން ފަދަ ކަންކަމުގައި މުހިންމު ބޭސްތައް ހުސްނުވާނެ ފަދަ ގޮތަކަށް ގެނަން އިންތިޒާމުކުރުން ފަދަ ކަންކަން ރަނގަޅު ވިސްނުމެއްގެ މައްޗަށް ބައްޓަންކުރަންޖެހޭކަމަށެވެ.

ނާޒިމް ވިދާޅުވީ، މިހާރު ގެންގުޅެމުންދާ މެނޭޖުމެންޓު ސިސްޓަމް ބަދަލުކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ސިއްހީ ހިދުމަތްތައް ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދިނުމުގެ ގޮތުން ބިނާކޮށްފައިވާ ނިޒާމު ހަރުދަނާކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ސިއްހީ ހިދުމަތްތައް ލިބެމުންދާ ޕްރޮސެސް ހަރުދަނާކުރުމާއި މެނޭޖުކުރާ ސިސްޓަމް ހަރުދަނާކުރުމަކީ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިސްކަމެއް ދެވިފައިވާ ސިޔާސަތެއްކަމަށެވެ.

ނާޒިމް ވިދާޅުވީ، ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ މާނައަކީ ޒިންމާ އުފުލުވުންކަމަށާއި އެކަމުގެ މާނައަކީ ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާ އަދާކުރާކަން ކަށަވަރުކުރުންކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެކަން ކުރެވޭނީ ކަންކަން ކުރަން އެނގޭ ހިންގުންތެރިކަން ހުރި ކަންކަން އިހުލާސްތެރިކަމާއިއެކު ކޮށްދިނުމުގެ ވިސްނުން ގެންގުޅޭ މީހުން ތަންތަނަށް އަައްޔަނުކޮށްގެންކަމަށެވެ.

ނާޒިމް ވިދާޅުވީ، އައިޖީއެމްއެޗް ފަދަ ހޮސްޕިޓަލެއްގެ ސީއީއޯގެ މަގާމަށް އަންނަ މީހެއްގެ ސަބަބުން އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނެވިދާނެކަމަށެވެ. އޭނާ ވިދާޅުވީ، އައްޔަނުކުރާ މީހަކީ ބަދަލުތަކެއް ގެނައުމަށް ބޭނުންވާ ވިސްނުންތެރިކަމާއި ހިތްވަރު ހުރި މީހަކަށްވެސް ވާންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ހާއްސަ ގޮތެއްގައި އެ މީހަކީ ރައްޔިތުންނަށް އިހުލާސްތެރިކަމާއިއެކު ހިދުމަތެއް ދޭން ބޭނުންވާ މީހަކަށްވެސް ވުން މުހިންމުކަމަށެވެ.

އޭނާ ވިދާޅުވީ، އައްޔަނުކުރާ ސީއީއޯއަކީ ބޮޑު ވިޔަފާރިއެއް ކުރުމުގެ ވިސްނުން ހުރި މީހެއްކަމަށްވަންޏާ ކަންކަން މުޅިން ތަފާތުވާނެކަމަށެވެ. އޭނާ ވިދާޅުވީ، ދައުލަތުން ކުރާނީ އެއް ހަރަދެއްކަމަށްވީނަމަވެސް ކުރެވޭ ހަރަދުގެ ނަތީޖާ މުޅިން ތަފާތުވެގެންދާނެކަމަށެވެ.

އޭނާ ވިދާޅުވީ، އިންތިހާބީ ރައީސްގެ ސިޔާސަތުތަކުގެ ތެރޭގައި މަސައްކަތްތައް މިސް މެނޭޖުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ސިޔާސަތު މުހިންމުކަމަށާއި އޭނާގެ ހެލްތު މިނިސްޓަރުކަމުގެ ދައުރުގައި ބެއްލެވީ ބޮޑެތި ހަރަދުތަކެއް ކުރެއްވުމުގެ ބަދަލުގައި މީހުން ޒިންމާ ކުރުވައިގެން ކަށަވަރު މަސައްކަތްތަކެއް ކުރުމަށްކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: