ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިކުރު ތަފާތުވުމަކީ ވަޒީފާ ދޫކޮށްލަންޖެހޭ ސަބަބެއް ނޫން: އަބްދުއްރަހީމް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ފިކުރު ތަފާތުވުމަކީ އެ މީހެއް ވަޒީފާ ދޫކޮށް ދާންޖެހޭނެ ސަބަބެއް ކަމަށް ގަބޫލުނުކުރައްވާކަމަށް އިންތިގާލީ ކޮމިޓީގެ ޑިރެކްޓާރ ޖެނަރަލް (ޑީޖ)ީ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީއިން ކުރިއަށް ގެންދާ “2023ގެ ރައީސް” ޕްރޮގްރާމްގައި އަބްދުއްރަހީމްވަނީ އިންތިގާލީ މަރުހަލާގެ ތެރެއިން ފާހަަގުރެއްވިފައިވާ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ ނޮވެމްބަރު 17 ވަނަ ދުވަހާއި ދެމެދު އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު މަގާމުތައް ނުއުފެއްދުމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ކަމާއިބެހޭ މީހުންނަށް އިރުޝާދު ދެއްވާފައިވާނެކަމަށެވެ.

އޭނާ ވިދާޅުވީ، އިއުލާނު ކޮށްފައިވާ މަގާމުތަކަށްވެސް މީހުން އައްޔަނުނުކޮށް މަޑުކުރުމަށް އިރުޝާދު ދެއްވިކަމަށާއި ޕްރޮމޯޝަންތައް ވެސް މިވަގުތު ނުދިނުމަށް އިރުޝާދު ދެއްވިކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، އެ އިރުޝާދު ދެއްވީ މީހަކަށް ވަޒީފާއެއް ލިބިދާނެކަމާއިމެދު ކަންބޮޑުވެގެން ނޫންކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރަމުންދަނީ މަލްޓިޕާޓީ ނިޒާމެއްގެ ތެރެއިންކަމަށާއި އެކި ޕާޓީތަކުން ގެންގުޅެމުންދަނީ އެކި ސިޔާސަތުތައް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، މިހާރުގެ ސަރުކާރާއި ވެރިކަމާއި ހަވާލުވާން ހުރި ސަރުކާރުގެ ސިޔާސަތުތައް ތަފާތުވެދާނެކަަމަށެވެ. އެގޮތުން ޕީއެންސީ އިން މަސައްކަތްކުރަމުންދަނީ މިހާރު އޮތް ހާލަތުން ރާއްޖެ ސަލާމަތްކުރަންކަމަށާއި އިތުރު މުއައްޒިފުން ނަގަން ބޭނުން ނުވެދާނެ ފުރުސަތުތައްވެސް އޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަ ވަޒީފާތައް ދިނުމުން ގެއްލުންތައް ވެގެންދާނެކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ވަޒީފާއިން ވަކި ނުކުރާނެ ވާހަކަތައް ތަކުރާރުކޮށް ދަންނަވާކަމަށެވެ. އަދި އެ ވާހާކަތައް ދެއްކެވީ ކެމްޕެއިން ދުވަސްވަރުކަމަށާއި އެހެންކަމުން މި ދުވަސްތަކުގެ ތެރޭގައި މުއައްޒިފުން އިތުރުކޮށްގެން ނުވާނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިބި މީހުން ނޫން ބަޔަކު މަގާމުން ވަކި ނުކުރާނެކަމަށް އިންތިހާބީ ރައީސް ޑރ މުއިއްޒުވެސް ވިދާޅުވަމުންދާކަމަށާއި އެއީ ޕީއެންސީއިން ގަބޫލުކުރާ ގޮތްކަމަށެވެ. އަބްދުއްރަހީމް ވިދާޅުވި، ސިޔާސީ ފިކުރު ތަފާތުވުންތަކުގެ ސަބަބުން ވަޒީފާ ދޫކޮށް ދާންޖެހޭނެކަމަށް ގަބޫލުނުކުރައްވާކަމަށާއި އެއީ ކޮންމެ މީހަކީވެސް ދިވެހި ރައްޔިތެއްކަމަށްވާތީކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ޕާޓީ ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން ހޮވުނު ނަމަވެސް އެ ހިސާބުން އެ މީހަކީ މުޅި ގައުމުގެ ރައީސްކަމަށެވެ.

އެހެންކަމުން އެ މީހެއްގެ ވިސްނުންތައް ހުންނާނީ މުޅި ގައުމާއިމެދު ކަމަށާއި އިތުރު ބޮޑެތި މަޝްޜޫއުތައް ފެށުން ފަދަ ކަންކަން ނުކުރުމަށް ރައީސް ސާލިހުގެ ސަރުކާރަށް އިރުޝާދު ދެއްވަމުންދަނީ އެ ސަބަބުތަކާއި ގުޅިގެންކަމަށެވެ.

އޭނާ ވިދާޅުވީ މަގާމުތައް އުފައްދައިގެން މަގާމުގެ ކުރިއެރުން ދިނުމާއި ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މުއައްޒިފުން ސިވިލް ސާވިސް މަގާމުތަކަށް އައްޔަނުކުރުމަށް މަސައްކަތްކުރަމުންދާކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، އެއީ އެއްވެސް ހާލަތެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި ކޮންމެ ސަރުކާރެއް ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިއްބެންވާނީ އެ ސަރުކާރެއްގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުންކަމަށެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: