ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީކުވިކަމަށް ސަރުކާރުން ބުނި “މޮރިޝަސް” ގެ ސިޓީ ލީކުކޮށްލީ ރައީސް ސާލިހު!

ރިޔާސީ ކެމްޕެއިންގައި ރައީސް ސާލިހު އއ އަށް ކުރެއްވި ދަތުރުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހަގީގަތް އެންގުމުގެ މަގުސަދުގައި މޮރިޝަސް ސިޓީ ހާމަކުރެއްވީކަމަށް ވިދާޅުވެ، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ލީކުކޮށްލެއްވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެއްބަސްވެވަޑައިގެންފިއެވެ.

އެމްޑީޕީއިން ތިނަދޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސާލިހުވަނީ އެމަނިކުފާނާއި ގުޅޭގޮތުން ގިނަ އަދަދެއްގެ ދޮގު ވާހަކަތައް ދައްކަވަމުންދާކަމަށް ވިދާޅުވެފައެވެ. ރައީސް ސާލިހު ވިދާޅުވީ، ސަރުކާރާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރައި ރައްޔިތުންނަށް ގަބޫލުކުރެވޭ ހިސާބަށް ގޮސްފިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދައްކާ އެއް ވާހަކައަކީ ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބިކަމުގެ ވާހަކަކަމަށާއި އަނެއް ވާހަކައަކީ އެމަނިކުފާނުގެ ބެލެނިވެރިކަމުގެ ދަށުގައި ގައުމުގެ މިނިވަންކަން ގެއްލިފައިވާ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވީ، ފަސް އަހަރު ނިމިގެންދަނީކަމަށެވެ. އެހެންނަމަވެސް އެއްވެސް ގޮތަކުން މިނިވަންކަމަށް ބުރު އަރާފައިނުވާކަަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކުގެ ތެރޭގައި މޮރިޝަސްއަށް ފޮނުއްވި ސިޓީއެއްގައި ރާއްޖޭގެ ސަރަހައްދެއް ވިއްކާލުމަށް ބުނެފައިވާ ވާހަކަ ހިމެނޭކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ، އެފަދަ ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން ބައެއް މީހުންނަށް އެކަން ގަބޫލުކުރެވި އެމްޑީޕީ އަދި އެމަނިކުފާނާއި ދުރަށް ޖެހިފައިވާކަމަށެވެ. އެހެންނަމަވެސް މިހާރު އެ ވާހަކަތަކުގެ ފަހަތުގައިވާ ހަގީގަތްތައް ހާމަކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އެންމެ ފުރަތަމަ އެ ވާހަަކަތައް ދައްކަމުންދިޔަ އިރު، ހަގީގަތްތައް ރައްޔިތުންނާއި ހިސާބަށް ތިލަކުރެވިފައިނުވަނީ އޮޅުވާލަފާނެކަމަށް އެއްވެސް ވަރަކަށް ހިތްޕުޅަށް އަރާވަޑައިގެންފައި ނުވާތީ ކަމަށެވެ. އަދި ކުރިން ވެރިކަން ކޮށްފައިވާ ޕާޓީއެއް އަލުން ވެރިކަމެއް ހޯދުމަށް ނުކުމެ ރައްޔިތުންގެ ކުރިމަތީގައި ބުހުތާނު ދޮގުތަކެއް ހަދާފާނެކަމަށް ހީފުޅު ނުކުރައްވާ ކަމަށާއި އޮޅުވާލައިގެން ރާއްޖޭގެ ވެރިކަމަށް އައުމަށް މަސައްކަތްކޮށްފާނެކަމަށް ކުރިން ތަސައްވުރުކުރެވިފައިނުވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެހެންނަމަވެސް ރައްޔިތުންނަށް ކަންކަން އޮޅުވާލާފައިވާކަމަށާއި އެހެންކަމުން ކަންކަމުގެ ހަގީގަތްތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ، ލީކުވެފައިވާކަމަށް ރައީސް އޮފީހުން ބުނާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހާމަކުރެއްވީ އެމަނިކުފާނުކަމަށާއި އެކަން ކުރެއްވި ހަމައެނި ސަބަބަކީ ރައްޔިތުންނަށް ހަގީގަތްތައް ހާމަކުރުންކަމަށެވެ. އަދި އުސޫލެއްގެ މަތިން އެ ގައުމެއްގެ ވެރިޔަކު އަނެއް ގައުމެއްގެ ވެރިޔަކަށް ފޮނުވާ ސިޓީ އަކީ ހާމަކުރާ އެއްޗެއް ނޫންކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސިޓީ އެއް ހިއްސާކުރާނީ ގައުމީ ސަލާމަތާއި ގުޅޭ ކަމެއް އެ ސިޓީއެއްގައިވާނަމަ ކަމަށާއި އެ މައުލޫމާތު ހިއްސާކުރާނީ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއާއިކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އެމަނިކުފާނު މޮރިޝަސްގެ ރައީސްއަށް ފޮނުއްވި ސިޓީ ހިއްސާކޮށްފައިވުމުން ކުރެވުނު ތުހުމަތުތަކާއި އެއްފަދަ އެއްވެސް ވާހަކައެއް އެ ސިޓީގައި ނެތްކަން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެނގޭނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ސިޓީގައި އޮތް ހަަމައެކަނި ވާހަކައަކީ އދގައި ނަގަން އޮތް ވޯޓެއްގައި ކަންކުރުމަށް ނިންމާފައިވާ ގޮތުގެ ވާހަަކަ ކަމަށާއި އެހެންނަމަވެސް ހަގީގަތާއި ހިލާފު އެފަދަ އެތައް ވާހަކައެއް ދައްކައި އޮޅުވާލަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުންވެސް ދޮގު ވާޙަކަތަކެއް ދެކެވެމުންދާކަމަށާއި އެހެންނަމަވެސް މިއަދު ރާއްޖޭގެ ސިޔާސީ ދާއިރާގެ އިސް ސަފުގައި ތިއްބެވި ހުރިހާ މީހުންނަށްވެސް އެ އެއްބަސްވުމުގެ ހަގީގަތް އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޖުމްހޫރީ ޕާޓީގައި އިސްކޮށް ތިއްބަވާ އެންމެނަށް އިތުރު ތިލަފަޅު އެއްބަސްވުމުގެ ހަގީގަތް އެނގިވަޑައިގަންނަވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރެވޭ ތުހުމަތުތަކާއި އެއްފަދަ އެއްވެސް ވާހަކައެއް އެއްބަސްވުމުގައި ނެތްކަން ސަރުކާރުގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި އޮތް ޖޭޕީގެ މެމްބަރުންނަށް އެނގިވަޑައިގަންނަވާނެކަަމަށާއި ތެދު ހާމަކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ތެދަށް ކަންކަން ހާމަކުރުމުން ރައްޔިތުން ގަބޫލުކުރާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަކަރު ހެދުމާއި އޮޅުވާލުމުން އެތެރެ ފުރިފަ ހުރި މީހަކު މި ބުނަނީ އޮޅުވާލަފާނެ ކަމަށް ހިއެއް ނުކުރަމޭ ހަހަހަ ދޮން ކަލޯ އިބްރާހިމާ މިނިވަން ކަމާއި ކަނޑުން ގެއްލުވާލި ސަރަހައްދުގެ ވާހަކަ ދައްކަނީ ހެއްކާއެކު އެކަމަކު އެކަންކަން ދޮގުކުރަން ދައްކާނެ ހެއްކެއް ދޮންކަލޯ އަތުގަ ނެތީމަ ފަސް އަހަރު ދުއްވާލީ ނޯ ޖަހަމުން އެންމެ ފަހުން ދޮގެއް ކަން ސާބިތު ކުރަންވެގެން އެތަންތަން ބަލަން ދާށޭ އެތަނުން ގޯތި ދޭނަމޭ ބުނެގެންވެސް ގޮވީ އަތަށްް، ކަލޯ ނުކިޔަވާ ހުއްޓަސް ގާތުގަ އުޅޭ މީހުން ދައްކާހާ ވާހަކަ ގަބޫލުކޮށްގެން ލިޔެފަ ދޭހާ ސްޕީޗްތައް ކިޔަސް ދިވެހިންނަކީ ތައުލީމީ ބައެއް އިވޭ އަޑުތަކުގެ ތެދު ދޮގު ބަލަން ދަންނަ ޒަމާނެއްގައި އެކަންކަން ކުރެވޭ ވަރުހުރި އަދި ކުރާބައެއް. ތަނަކުން ހަބަރެއް ފެންނައިރަށް ރައްޔިތުން ގަބޫލު ކުރީއެއްނޫން ، ގަބޫލު ކުރާވަރުގެ ހެއްކާ ކަލޯ އާއި އައުވާނުންގެ ބަސްމަގާ އަމަލުވެސް އަހަރެމެން ބަލަމު. ތަންތަނަށް އަރާ ބުހުތާނު ދޮގު ހަދާއިރު މޫނު މަތީގެ އެކްސްޕްރެޝަން، ބޮޑީ ލޭންގުއޭޖް އެނގޭ އެތައްބަޔަކު މި ރާއްޖޭގައި އުޅެޔޭ ދެލޯފުޅާ.
    ވޯޓް ފޯ ޑރ މުއިއްޒު 4

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: