ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު މިހާރު އޮތް ހާލަތަށް ވެއްޓުނީ ސާލިހު ނާގާބިލުވީމަ: އަބްދުއްރަހީމް

އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މުހައްމަދު އަހުޒަމް - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ގައުމު ގޯސް ހާލަތަކަށް ވެއްޓިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގައިގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނެތުމުންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސ ހުޅުދޫގައި ކުރިއަށް ގެންދިޔަ ޕީއެންސީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަކީ ފަސް އަހަރު ދުވަސް ހޭދަވެގެންދިޔަ އިރު ބުރިޖެއް ނޭޅުނު ބައެއްކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ވެރިކަމުގެ ދުވަސްވަރު ޑރ މުއިއްޒުގެ ބެއްލެވުމުގެވެސް ދަށުން ތިން އަހަރު ދުވަހުގެ ތެރޭގައި ބުރިޖު އަޅައި މިހާރުވެސް ދަތުރުކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޑރ މުއިއްޒުގެ ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދަނީ އެ ސަބަަބާއި ގުޅިގެންކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ނުވަ ހަފްތާއިން ހިއްކައި އެތަނުގައި އެތައް ހާސް ހައުސިންގް ޔުނިޓެއް އިމާރާތްކޮށް ދައުރު ނިމުމުގެ ކުރިން ލިޔުންތައް ހަވާލުކޮށްފައިވުމަކީވެސް ޑރ މުއިއްޒުގެ ވެރިކަމެއް ގެނައުމަށް ބޭނުންވާ ސަބަބެއްކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރުގެ ރައީސް، ރައީސް ސާލިހުގެ ގައިގައި މަގާމު އަދާކުރައްވަން ބޭނުންވާ ގާބިލުކަމެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަށް ބޭނުންވާ އިހުލާސްތެރިކަމާއި ވަފާތެރިކަމެއްވެސް ނެތްކަމަށާއި ދިވެހި ގައުމު ވެއްޓިފައިވާ ހާލަތަކީވެސް އެމަނިކުފާނުގެ ނާގާބިލުކަމުގެ ނަތީޖާކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރާއްޖެއަކީ ދިވެހިންގެ ގައުމު ކަމަށާއި އެހެން ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ތިބެން ރައްޔިތުން ބޭނުން ނުވާކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިންވަނީ އެތައް ފަހަރެއްގެ މަތިން އަޅުވެތިކަން ތަޖުރިބާކޮށްފައިކަމަށާއި އެފަދަ ހިތްދަތިކަމެއް ރާއްޖޭގައި އަނބުރާ އިޔާދަށްވުމަށްވެސް ދިވެހިން ބޭނުން ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަކަށް ނެހެދޭނެކަމަށެވެ. އޭނާ ވިދާޅުވީ، ސިފައިން ތިބިކަމަށާއި އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންފައި އެންމެ ފުރަތަމަވެސް ގައުމުން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވާކަމަށާއި އޭނާއާއިއެކު ވެރިކަމަށް ވާސިލުވުމަށް މަސައްކަތްކުރަމުންދަނީ އެ ސަބަބުތަކާއި ގުޅިގެންކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އުތުރު ތިލަފަޅު އެއްބަސްވުން ސަރުކާރުން ނުދެއްކިކަމަށެވެ. އޭނާ ވަނީ އެ އެއްބަސްވުމުގައި ބިރުވެރިކަމެއް ނުވަތަ ނުރައްކަލެއްފަދަ ކަމެއް ނެތް ނަމަ ނުދައްކަންވީ ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، ދައްކަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ ލިޔެކިއުންތައް ހާމަކުރަންޖެހޭނެ ވާހަކަކަމަށާއި ރައީސް ސާލިހު ކަމުނުގޮސްގެން އުޅެނީ ގާނޫނީ އިމުން ބޭރުން އަމަލުކުރައްވާތީކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: