އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ކެންޑިޑޭޓު ނަމްބަރެއްގެ ގޮތުގައި ނަމްބަރު 3 ކަނޑައެޅިއްޖެއެވެ.
އިބްރާހިމް މުހައްމަދު ސާލިހުގެ ކެންޑިޑޭޓު ނަމްބަރު ކަނޑައެޅިގެން ދިޔައީ އިންތިހާބީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައެވެ. ރައީސް ސާލިހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެމަނިކުފާނުގެ އިންތިހާބީ އެޖެންޓު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއެވެ. އެމަނިކުފާނުގެ ރަނިންގް މޭޓަކީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

