ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ތަކުރާރުކޮށް އެދިވަޑައިގަތީ، ޔާމީންގެ ވެރިކަމުގައި ހިނގައި ދިޔަ ކަންކަން ތަކުރާރު ނުކުރުމަށް އެމްޑީޕީއަށް ވޯޓު ދެއްވުމަށް!

ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގައި ރައީސް ސާލިހު ކޮލަމާފުއްޓަށް ވަޑައިގަތުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގައި ދިޔަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް އެމަނިކުފާނަށް ވޯޓުދެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކޮލަމާފުއްޓަށް ކުރެއްވި ދަތުރުގައި ރައީސް ސާލިހު ވިދާޅުވީ 2018 ވަނަ އަހަރުގެ ކެމްޕެއިން ވަޑާއިގެންނެވީ ހޫނު ވަގުތެއްގައި ނަމަވެސް، ޖޯޝާއި ފޯރީގައި ނުކުމެވަޑައިގެންކަމަށާއި އަދި މިއަދު ބޯ ވާރޭގައިވެސް އެ ޖޯޝާއި ފޯރު އޮތްކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ އިންތިހާބުގެ ދުވަސްވަރު ދަތިތަކާއި ކުރިމަތިވީކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ކޮލަމާފުށީގައި ތިބި އެމަނިކުފާނުގެ 18 އެކްޓިވިސްޓުނަށް، ހައްޔަރުކުރުމުގެ ސަބަބުން ވޯޓު ލެވޭ ގޮތް ނުވިކަމަށެވެ. އެ ދުވަސް އަނބުރާ އައުމަށް ބޭނުން ނުވާނަމަ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުދޭއިރު ވިސްނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭރާއި ހިލާފަށް މިހާރު، މިނިވަންކަމާއިއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ކޮންމެ ކެނޑިޑޭޓަކަށްވެސް އެބައޮތްކަމަށެވެ.

ކޮލަމާފުއްޓަކީ އިސްލާހީ ހަރަކާތުގައި ވަރަށް އިސް ސަފުގައި ހަރަކާތްތެރިވާ ރައްޔިތުންތަކެއް ދިިރިއުޅޭ ރައްޔިތުންތަކެއްކަމަށް ފާހަގަކޮށް، އެއީ މަސައްކަތްތެރި ރައްޔިތުންތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮލަމާފުށީގެ ރައްޔިތުން ބޭނުން ވަނީ އުފާވެރިކަމާއި، ހަމަޖެހުންކަމުން އެމަނިކުފާނަށް އިންތިހާބުގައި ބޮޑު ތަނުން ރަށުގެ ރައްޔިތުން ތާއީދު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018 ގައި ވީ ވައުދުތަކުގެ ތެރޭގައި ކޮލަމާފުއްޓަށްވީ ވައުދުތަކުގެ ބޮޑު ބައި މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން ބަނދަރުގެ މަޝްރޫއު ފާޙަގަކޮށް ރައީސް ވިާޅުވީ ޝަކުވާތަކެއް ހުރި ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ އެކަން ހައްލު ކުރުމަށްކަމަށެވެ. އަދި ރަށުގެ މަގު ހެދުމުގެ މަޝްރޫއު ފާހަގަކުރެއްވިއެވެ. އަދި ބިން ހިއްކާ، އެ ބިމުން ރޯ ހައުސް ނުވަތަ ފްލެޓު ދެއްވާނެކަމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

އެންމެ ބޮޑު ވައުދަކީ އުފާވެރި އަމާން ރާއްޖެއެއް ގާއިމްކުރުންކަމަށް ވިދާޅުވެ، ރައީސް ވިާޅުވީ އޭގެ ބިންގާކަމަށްވާ އަސާސީ ހިދުމަތްތައް މިވަނީ ގާއިމް ކޮށްދެވިފައިކަމަށެވެ. މިކަންކަން ބަދަލުނުވެ ކުރިއަށް ގެންގޮސް، ރަށްރަށަށް ގެންނަމުންދާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންނަމަ އެމަނިކުފާނަށް ވޯޓުލުމަށް ރައީސް އެދިވަޑައިގަތެވެ.

ރައީސް ސާލިހު ވިދާޅުވީ މަސްވެރިކަމަށް ކޮލަމާފުށީ މަޝްހޫރުވެފައިވާއިރު، މަސްވެރިންގެ ޝަކުވާތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެެވެ.

ރައީސް ސާލިހު ކޮލަމާފުއްޓަށް ވީ ވައުދުތައް:

  • ބިން ހިއްކުން.
  • ރަށުގެ އުނދަ އަރާ ފަރާތް، ރަނގަޅަށް ރިވެޓްމެންޓް ޖަހާ ރައްކާތެރިކުރުން.
  • ރޯ ހައުސް ނުވަތަ ފްލެޓު ދޫކުރުން.
  • އައިސް ޕްލާންޓްގެ ކެޕޭސިޓީ އިތުރުކޮށް، ސްޓޯރޭޖު ބޮޑުކުރުން.
  • ހެލްތް ސެންޓަރ އަޕްޑޭޓްކޮށް، މިނީ ހޮސްޕިޓަލަކަށް ހެދުން.

މީގެ އިތުރުން ރައީސް ސާލިހު ވަނީ އެމަނިކުފާނު މިއަހަރުގެ ރިޔާސީ އިންތުހާބަށް ހުށައަޅާ މެނިފެސްޓޯގައިވާ ބައެއް ކަންކަން ހިއްސާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: