ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުވަދޫ އަތޮޅާއި، ދ އަތޮޅު އޮތީ ބޮޑުކޮށް އެމްޑީޕީއާއިއެކު: ރައީސް ސާލިހު

ރައީސް ސާލިހު ގއ މާމެންދޫގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުވަދޫ އަތޮޅާއި، ދ އަތޮޅުގެ ތާއީދު އޮތީ ބޮޑު ތަނުން އެމްޑީޕީއަށްކަމަށް، ގުޅިފައިވާ ސިޔާސީ ޕާޓީގެތަކުގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ގއ މާމެންދޫއަށް ވަޑައިގެން ވާޙަކަދައްކަވަ ރައީސް ސާލިހު ގދ، ގއ އަދި ދ އަތޮޅުން ދަތުރުކުރި ރަށްތަކުން ފެންނަނީ އުފާވެރި އަމާން ރާއްޖެއަކަށް ބޭނުންވެފައިވާ މިންވަރުކަމަށެވެ. 2018 ވަނަ އަހަރު އެމްޑީޕީއިން ނިކުތީ ޖަޒީރާ ރާއްޖެ މެނިފެސްޓޯއާއިއެކު، އޭރު އޮތް އަނިޔަވެރިކަން ނިމުމަމަކަށް ގެނައުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށްޓަކަިއ ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާޅިހު ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ދުވަހަށް ނިކުމެ އެތިބީ، ތަސައްވުރަކާއިއެކުކަމަށެވެ. އެގޮތުން މި ސަރުކާރުން ވާ ވައުދުތައް ބަރާބަރަށް ފުއްދަވަމުން ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް މިހާރު އަސާސީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވިފައިވާކަމަށާއި، މިހާރު ކުރަންވީ މަސައްކަތަކީ އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އެމަނިކުފާނު މިއަހަރުގެ ރިޔާސީ އިންތިހާބަށް ހުށައަޅާ މެނިފެސްޓޯގައި ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށް ހިމަނާފައިވާ ކަންކަން ހިއްސާ ކުރައްވާފައެވެ.

އެގޮތުން:

  • ޓްރާންސިޝަން ޓު ވޯރކްގެ ނިޒާމު ތައާރަފްކޮށް ދޮށީ އުމުރާ ކުރިމަތިލާއިރު އެ ފަރާތްތަކަކީ ދުޅަހެޔޮ ސިއްހަތެއްގައި މިނިވަންކަމާއެކީ ދިރިއުޅެވޭނެ ބަޔަކަށްވުމަށްޓަކައި ވަޒީފާއަދާކުރާ ވަގުތާއި ނަގަންޖެހޭ ޒިންމާތައް ލުއިކޮށް، ފްލެކްސިބަލް އެރޭންޖްމަންޓްސްގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބެވޭނެމަގަށް އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުން.
  • ވަޒީފާއިން މުސްކުޅިކުރެވޭ އުމުރަށް އަންނައިރު އެ ބަދަލަށް ތައްޔާރުކޮށްދިނުމަށް ބޭނުންވާ ސައިކޮސޯޝަލް ސަޕޯޓް ފޯރުކޮށްދީ، ފައިނޭންޝަލް ލިޓްރަސީއަށް އަހުލުވެރިކުރުން.
  • ދޮށީ އުމުރާ ގުޅިގެން ދާންމަތިވާ ފަރާތްތަކުގެ ތެރެއިން ދާއިމަށް ސިއްހީ އެހީތެރިއެއްގެ އެހީ ބޭނުންވާ ފަރާތްތަކަށް ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ފަރުވާގެ (ޖެރިއަޓްރިކް ކެއަރ) ހިދުމަތް ތައާރަފްކޮށް، ޓަރމިނަލް އިލްނަސް ހުންނަ ފަރާތްތަކަށް ދާއިމީ ފަރުވާގެ (ޕެލިއަޓިވް ކެއަރ) ހިދުމަތް ހޮސްޕިޓަލުތަކުގައި ތައާރަފުކުރުން.

ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި މާމެންދޫއަށް ކޮށްދެއްވާނެ ކަންކަންވެސް ހިއްސާ ކުރައްވާފައެވެ.

އެގޮތުން:

  • ބޯހިޔާވހިަކަަމށް ހައްލު ގެނައުމަށް، ހައުސިން ޔުނިޓް އެޅުން.
  • މަލްޓި ޕާޕޮސް ހޯލާއި، 8 ކްލާސްރޫމް އަޅައިދިނުން.
  • ރަށް ގިރުމުގެ މައްސަލަ އަށް ހައްލު ގެނައުން.
  • ކައުންސިލަށް ބޭނުންވާ އާ އިމާރާތް އަޅައިދިނުން.
  • ހެލްތް ސެންޓަރުގެ ހިދުމަތް ފުޅާކޮށް، 24 ގަނޑިިއިރު ހިދުމަތް ދޭ ތަނަކަށް ހެދުން.

މީގެ އިތުރުން ރައީސް ވިދާޅުވީ ސިޔާސީ ހިޔާލު ތަފާތުވުންތަކަކީ ތަރައްގީއަށް އޮތް ހުރަކަށް ނުހައްދަވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: