ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުންގެ އަބުރު ކަތިނުލުމަށް ގޮވާލާ، އަސްލަމް ވިދާޅުވެދެއްވީ ވަގުން ހިފާނެ ގޮތް!

މުހައްމަދު އަސްލަމް އެމްޑީޕީގެ ޕީޖީ ލީޑަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގެއްކަމަށް ކަނޑައެޅޭނީ ޝަރުއީ ކޯޓުތަކުން އެގޮތަށް ނިންމުމުންކަމަށާއި، ކަނޑައެޅިގެން ދޮގު ހަދައިގެން މީހުން އަބުރު ކަތިލުމަކީ ސިޔާސީ ހަރަކާތެއް ނޫންކަމަށް، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގއ ވިލިގިލީގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ދިވެހިންނަށް ވަރަށް ބޮޑެތި ބަަދަލުތަކެއް ބޭނުންވިކަމަށާއި، އެކި ޒަމާންތަކުގައި އެކި މިންވަރަށް މި ބަދަލުތައް އައީ ބުރަ މަސައްކަތުންކަމަށް އަސްލަމް ވިދާޅުވިއެވެ. އައު ޣާނޫނު އަސާސީއަކީ ބޮޑު ބަދަލެއްކަމަށާއި، އެއީ ގިނަ ބައެއްގެ އުއްމީދުތަކަށް ލިބުނު ހިތްވަރެއް ނަމަވެސް، މިކަން ފަނޑުވެގެން ދިޔަކަމަށް އަސްލަމް ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް ދެ ފަހަރެއްގެ މަތިން ބަދަލު ގެނައި ނަމަވެސް ރައްޔިތުން ބާރުވެރިވީ މިންވަރު ބަލަންޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ. ދިވެހިންނަށް ލިބުނު އެންމެ ހެޔޮ ބަދަލަކީ ފެހި ގާނޫނުއަސާސީކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެއަށް އައި އެންމެ ބޮޑު ބަދަލަކީ އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުންކަމަށެވެ.

ގާނޫނު އަސާސީ އިސްލާހުކުރުމަށް މި އައި ސަރުކާރުތަކުގެ ތެރެއިން، ހަގީގަތުގައި ވިސްނާއިރު، އެންމެ މުހިންމު މަސައްކަތްތަކެއް ވެގެންމިދިޔައީ މި ފަސް އަހަރުގެ ތެރޭގައި.

އަސްލަމް ވިދާޅުވިއެވެ.

އޭނާއަކީ މަލްޓި ޕާޓީ ޑިމޮކްރެސީއަށް ތައީދުކުރާ މީހެއްކަމަށާއި، ނަމަވެސް ސިޔާސީ ޕޯޑިއަމްތަކުގައި ދޮގު ހެދުމާއި، ފިތުނަ ފެތުރުން ގަބޫލު ނުކުރެވޭކަމަށް އަސްލަމް ވިދާޅުވިއެވެ. ދަރިން ގޭގެ ބައިތިއްބައިގެން، މައިންބަފައިން ނިކުމެ އަޑުގަދަކުރުމަކީ ހިތާމައެއްކަމަށް އަސްލަމް ވިދާޅުވިއެވެ. ދަރިންނަށް ރަނގަޅު ނަމޫނާ ދެއްކުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ކަނޑައެޅިގެން ހަގީގަތާއި ހިލާފަށް ވާހަކަދައްކައިގެން މީހުންގެ އަބުރު ކަތިލުމަކީ ސިޔާސީ ހަރަކާތެއް ނޫންކަމަށެވެ.

އަސްލަމް ވިދާޅުވީ ވާދަވެރިންގެ މާ ބޮޑު ސިޔާސަތުތަކެއް ފެންނަން ނެތްކަމަށެވެ. ވަކި އަދަަދަކަށް މިލިއަނަރުން އުފައްދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވެފައިވާ ވައުދަށް ފާޑުު ވިދާޅުވެ އަސްލަމް ވިދާޅުވީ، މިލިއަނަރުން އުފެއްދޭނީ ދައުލަތުގެ ފައިސާ ހަމަހަމަކަމާއިއެކު ބަހާލެވިގެންކަމަށެވެ.

އަސްލަމް ވިދާޅުވީ ވަގެއް ވެއްޖެއްޔާ ވަގު ހިފާނެ ގޮތް އެބަ އޮތްކަމަށާއި، ވައްކަން ކުރާނީނަމަ މައްސަލަ ހުށައަޅަންވީ އިދާރާތައްވެސްްް އެބަހުރިކަމަށެވެ. އަދި ކޯޓް މަރުހަލާއަށްފަހު، ޖަލު ހުކުމެއް އައިސްފިނަމަ އެއީ ވަގެއްކަމަށް ކަނޑައެޅިދާނެކަމަށް ވިދާޅުވިއެވެ. ވަގުންނަށް، އެއީ ކޮން ބައެއްކަން އެނގުން މުހިންމުކަމަށް ވިދާޅުވެ އަސްލަމް ވިދާޅުވީ، ރައްޔިތުންނަށް ވައްކަމުގެ ތުހުމަތު ކުރުމަށް ބޭނުން ނޫންކަމަށާއި، ރައްޔިތުން ފުއްދުންތެރި ބަޔަކަށް ވުމަކީ އެމްޑީޕީގެ އުއްމީދުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: