ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫޢުތައް ދިގުދައްމަމުންދަނީ އެކަމުން ސަރުކާރުގެ އިސްވެރިން ނާޖާއިޒް ފައިދާތަކެއް ނަގަމުންދާތީ : ނަޝީދު

އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ގަސްތުގައި ދިގުދައްމައިގެން ސަރުކާރުގެ އިސްވެރިން އެކަމުން ނާޖާއިޒް މަންފާތަކެއް ހާސިލުކުރަމުންދާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ތާއީދު ހޯއްދެވުމުގެ ގޮތުން ގދ ގައްދޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ރައީސް ނަޝީދުވަނީ ސަރުކާރުން ފައްޓާފައިވާ މަޝްރޫޢުތައް ދިގުލައިގެން ދިއުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރިސޯޓެއްގައި ނަރުދަމާއެއް އަޅާލުމަށް ނަގަނީ ހަތަރުވަރަކަށް މަސްދުވަސްކަން ރައްޔިތުންނަށް ސާފުވާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެހެންކަމުން ގައްދޫ ނުވަތަ ރާއްޖޭގެ އެހެން ރަށްރަށުގައި ނަރުދަމާ އެޅުމަށް ފަސް އަހަރު ދުވަސް ހޭދަވުމުން އެ ނަރުދަމާ އެޅުމަށް ކުރެވޭ ހަރަދުތައް އެތައް ގުނައަކުން ބޮޑުވެގެންދާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ހަމަ އެގޮތަށް މަގެއް ހެދުމަށްވެސް ފަސް އަހަރު ދުވަސް ހޭދަަވެގެންދިއުމުން އެ މަގުގެ ހަގީގީ އަގަށްވުރެ ކުރަންޖެހޭ ހަރަދުތައް އިންތިހާއަށް ބޮޑުވެގެންދާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން އެގޮތުގެ މަތިން ކަންކަން ކުރަމުންދަނީ ގަސްތުގައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މަޝްރޫޢުތައް ދިގު ދައްމަމުންދަނީ އެކިއެކި ޕްރޮޖެކްޓުތަކާއި ހަވާލުވެ ތިއްބެވި ސަރުކާރުގެ ވުޒާރާތަކާއި ހިއްސާ އޮންނަ ކުންފުނިތަކާއި ކޮންޓްރެކްޓްތަކާއި ހަވާލުވެ ތިއްބެވި ފަރާތްތަކާއި ގުޅިފައިވާ ސަރުކާރުގެ އިސްވެރިންނަށް އެކަމުން ނާޖާއިޒް ފައިދާއެއް ނެގުމަށް މަގުފަހިކުރުމަށްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މަސައްކަތްތައް ނުނިންމައި ހުރުމުން ލިބޭ ނާޖާއިޒް ފައިދާތައް ބޮޑުތަނުން އިތުރުވެގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: