މޯލްޑިވްސް ލިވިން އެކްސްޕޯގައި އާބަންކޯއިން ގިނަ ޕްލޮޓް ތަކެއް ކުންފުނި ތަކަށް ހަވާލުކޮށްފިއެވެ.
ހުޅުމާލޭގައި މިމަހު 10 ވަނަ ދުވަހު ބޭއްވި ލިވިންގް އެކްސްޕޯގެ މެއިން ސޮޕޮންސަރަކީ އާބަންކޯއެވެ.
މި އެކްސްޕޯގައި 37 ސްޓޯލެއް ބަހައްޓާފައިވާއިރު ރާއްޖެ އާއި ރާއްޖޭން ބޭރުން ރިއަލް އެސްޓޭޓް ގިނަ ވިޔަފާރިތަކެއް މީގެތެރޭގައި ހިމެނެއެވެ. މިއެކްސްޕޯގައި ރިއަލް އެސްޓޭޓް އަދި ހައުސިންއާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ލިބިގެންދާނެ ކަމަށް ހައިރައިޒް އިން ބުނެފައިވެއެވެ.
މިކްސް ރެސިޑެންޝިއަލް އަދި ލޯކަލް ޑެވެލޮޕާސް އަށް އާބަންކޯއިން ވަނީ ގިނަ ޕްލޮޓްް ތަކެއް ދީފައެވެ. އޭގެ ތެރޭގައި މިކްސް ރެސިޑެންޝިއަލް އަށް 6 ޕްލޮޓެއްދީފައި ވާއިރު ލޯކަލް ޑެވެލޮޕާސް އަށް ވަނީ 10 ޕްލޮޓެއްދީފައެވެ.
ލޯކަލް ޑެވެލޮޕާސް އަށް ދޭ ޕްލޮޓަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ރާއްޖޭގައި އުޅޭ ކުދި ކުންފުނި ތަކަށް ޙާއްސަ ކޮށްގެން ދެވޭ އެއްޗެކެވެ. ލޯކަލް ޑެވެކޮޕާސް އަށް ދެވުނު 10 ޕްލޮޓުގެ އެއްބަސް ވުމުގައި ސޮއި ކުރެއްވި ކުންފުނި ތަކުގައި އަލާސް ޕްރައިވެޓް ލިމިޓެޑް، އެންޓްރެކްސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، ވެލިގާ ހާޑްވެއާ، ބިގްހެޓް ލޮޖިސްޓިކްސް، ގްލޯރޮއަސް ރެސިޑެންޓްސް އަދި އިތުރު ފަސް ފަރާތަކަށް ވަނީ ދީފައެވެ.
މިކްސް ރެސިޑެންޝިއަލް އަށް ދީފައިވާ 6 ޕްލޮޓުގެ އެއްބަސްވުމުގައި ސޮއި ކުރެއްވި ކުންފުނި ތަކުގައި ކަނޑޫފާ، ރެއިންބޯ އަށް 2 ޕްލޮޓް، ކިންގް ހާލް އަދި ވެނާޓް އަށެވެ.

