ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ސިޔާސަތުތަކަށް ރައީސްގެ ފާޑު ވިދާޅުވުން: ވިދާޅުވީ ހެދުނު ހޭލާއިރު ސިނކުޑީގައި ހުންނަ އެއްޗެއް ބުނެލަނީކަމަށް!

ރައީސް ސާލިހު އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތެއްގައި. ފޮޓޯ: ކެމްޕެއިން ޓީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ދަ ޑިމޮކްރެޓްސްގެ ސިޔާސަތުތަކަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފާޑު ވިދާޅުވެއްޖެއެވެ.

”އުފާވެރި އަމާން ރާއްޖެ“ ނ މަނަދޫ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެ ޖަލްސާއާއި ހަމައަށް ދިޔައިރު، ނ އަތޮޅުގެ 5 ރަށަށް އެމަނިކުފާނަށް ވަޑައިގަނެވިފައިވާކަމަށާއި، މި ފަސް ރަށްވެސް އޮތީ އެމްޑީޕީގެ ކޯލިޝަނާއިއެކުކަމަށް ރައީސް ވިދާޅުވިއެވެ.

އިންތިހާބަކަށް ނިކުންނައިރު، ވައުދުތަކެއްވެ މެނިފެސްޓޯއެއް ގެނައުމަކީ އުސޫލުކަމަށާއި، މަޖިލީސް ނުވަތަ ކައުންސިލް އިންތިހާބު ނަމަވެސް، މެނިފެސްޓޯއެއް ގެންނަންކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، އެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދަންކަމަށެވެ. ވާދަވެރިންގެ ސިޔާސަތުތައް ހާމަކުރަމުންދާކަމަށް އިޝާރާތް ކުރައްވާ ރައީސް ސާލިހު ވިދާޅުވީ، އެއް ބަޔަކު ކުރަމުންދާކަމަކީ ޒާތީ ގޮތުން ވާހަކަދެއްކެވުންކަމަށެވެ.

ތިމާ ހެދުނު ހޭލާއިރުގައި ސިނކުޑީގައި ހުރި އެއްޗެއް އެ ވަގުތަކު ބުނެލަނީ. ހަވީރަށް އަންނަ އިރު އެ ބަދަލުވޭ، މުޅިން އެހެން ވާހަކައެއް.

ރައީސް ވިދާޅުވިއެވެ.

ހެނދުނު ހޭލާއިރު، ސިނގުޑީގައި ހުންނަ އެއްޗެއް ބުނަމުންދާއިރު، ހަވީރާއި ހަމައަށް ދުވަސްދާއިރު، އެ ވާހަކަތައް ބަދަލުވެ، މުޅިން އެހެން ވާހަކައެއް ދައްކަވަން ފަށާކަމަށް ސާލިހު ވިދާޅުވިއެވެ. އަނެއްކާވެސް ރޭގަނޑުވާއިރަށް މުޅި އެހެން ވާހަކަތަކެއް ދައްކާވަކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުވަފެނުގައި ފެންނަ ކަންކަން ހަގީގަތަށް ހެދުމަށް ފުރަތަމަ ޖެހޭނީ ނިދިން ހޭލަންކަމަށެވެ. އެއީ، ދަ ޑިމޮކްރެތްސްގެ ބޭފުޅުންނަށް އަމާޒުކޮށް ދެއްކެވި ވާހަކައެވެ.

އެމީހުންގެ ވެރިކަމެއްގައި، އެސްއެމްއީ ލޯނު ރަހުނެއް ނެތި ދޫކުރާނެކަމަށް ވައުދުވާއިރު، އެއީ މިހާރުވެސް މި ސަރުކާރުގައި ހިނގަމުންދާކަމެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރަނގަޅު ޕްރޮޕޯސަލެއް ހުށައެޅުމުން އެއްވެސް ރަހުނެއް ނެތި މިހާރުވެސް މި ސަރުކާރުން ލޯނު ދެމުން އަންކަމަށް ރައީސް ވިދާޅުވިއެވެ.

1،200 މީޓަރުގެ އެއާޕޯޓެއް އެޅުމަށް އެއް ކެނޑިޑޭޓަކު ވައުދުވީއިރު، އެއީ މިހާރު 1،500 މީޓަރުގެ އެއާޕޯޓެއް އަޅަމުންދާ ރަށެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ޕީއެންސީގެ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވެ، ރައީސް ވިދާޅުވީ އަމާޒަކީ އާބާދީ ބޮޑު، މީހުން ގިނަ ރަށްރަށަށް ކަންކަން ކޮށްދިނުންކަމަށް ވައުދުވެވަޑައިގެންއިރު، އެމްޑީޕީއާއި އެހެން ޕާޓިތަކާއި ހުރި ތަފާތަކީ އެއީީކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑީޕިއިން އިސްކަންދެނީ ވަކި ވަކި ފަރުދުންނަށްކަމަށާއި، ކޮންމެ ތާކު ހުރި ނަމަވެސް ދިވެހިންނަށް ހައްގުވާ ކަންތައްތަކެއް އެބަހުރިކަމަށާއި، އާބާދީ ބޮޑުވެގެން ނޫނަސް ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ދަންނަވަންތޯ މިއަދު މި ގައުމު ކުރި ނާރަ މިއޮތީ އެހެންވެގެން. އެއީ 2013 އިން 2018 އަށް ވެރިކަން ކުރި ބޭފުޅުންގެ ސިޔާސަތު. މިއަދުވެސް ހާމަ ކުރައްވަނީ އެ ސިޔާސަތު. އޭގެ ފަހަތުގައި އޮންނާނީ، އަނިޔާވެރިކަމާއި، ބިރުވެރިކަމާއި، ނުރައްކާ.

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމު ކުރި ނާރާ އޮތީ، 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ވެރިކަން ކުރި ބޭފުޅުންގެ ސިޔާސަތުތަކުގެ ސަބަބުންކަމަށެވެ. މިއަދުވެސް ގެންގުޅެނީ އަދި ހާމަކުރަނީ ހަމަ އެ ސިޔާސަތުކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އޭގެ ފަހަތުގައި އޮންނާނީ އަނިޔާވެރިކަމާއި، ބިރުވެރިކަމާއި، ނުރައްކާކަމަށެވެ. ގަދަބާރުން ވެރިކަން އެ ކުރި ދުވަސްތައް ދިވެހިން ދެން ދެކެން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިޝާރާތް ކުރެއްވީ އޭރު ސިޔާސީ މަޝްރަހު އޮތް ގޮތަށެވެ. ސިޔާސީ އެތައް ބޭފުޅުންނެއް އޭރު ޖަލުގައި ތިބެން ޖެހުނު ނަމަވެސް މި ދައުރުގައި އެކަން ތަކުރާރު ނުވާކަމަށް ރައީސް ވިދާޅުވިއެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ތަން މިނަށް އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: