ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން ގޯތި ދޫކުރެވޭނީ މާލެ ސިޓީ ކައުންސިލްއަށްކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އިން ގޯތި ދެވޭނީ ސިޓީ ކައުންސިލަށް ކަމަށާއި އެ ކަމަކީ ޕްލޭނިން މިނިސްޓްރީ އާ ބެހޭ ކަމެއް ނޫން ކަމަށް އަނެއްކާވެސް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ދަ ޑިމޮކްރެޓްސް ޕާޓީގެ ބާނީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ނުކުންނަވާ ކެންޑިޑޭޓް، އިލްޔާސް ލަބީބުގެ މެނިފެސްޓޯގައި ހިމެނޭ ”ފަރުދީ ތަނަވަސްކަން، އަބުރުވެރި ހަޔާތެއް،“ ލޯންޗުކުރުމަށް ރޭ ވަނީ ސަލްޓަން ޕާކުގައި ޖަލްސާއެއް ބާއްވާފަ އެވެ.

އެ ޕާޓީިގެ ރިޔާސީ ކެންޑިޑޭޓާއި، ރަނިންމޭޓުގެ އިތުރުން ރައީސް ނަޝީދު އެކީގައި ބައިވެރިވި ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށް ވަރަށް ބޮޑަށް ފާޑު ވިދާާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި މިހާރު ކުރިއަށް ދާ ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ވެސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ބިންވެރިޔާ ސްކީމުގެ މަސައްކަތްތަކަކީ ޕްލޭނިން މިނިސްޓްރީ އިން ކުރަމުންގެންދާ މަސައްކަތްތަކެއް ކަމުގައި ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މާލެ އިން ބިން ދިނުމަކީ ޕްލޭނިން މިނިސްޓްރީ އިން ކުރަން ޖެހޭ އަދި އެ މިނިސްޓްރީ އާ ބެހޭ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، އެ މަސައްކަތަކީ މާލެ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”އައިރު ގާނޫނީ ކަމެއްގެ ތެރެއަށް [ޕްލޭނިން] މިނިސްޓަރު ވެދެވަޑައިގަންނަވަނީ އޭ. މިއީ މާލެ ސިޓީ ކައުންސިލުގެ މަސައްކަތެއް،“ ނަޝީދު ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މާލެ އިން ބިން ދޫ ކުރާ މައްސަލައާއި ދެކޮޅަށް މީހަކު ކޯޓަށް މައްސަލައެއް ހުށަހަޅައިފި ނަމަ، މިނިސްޓަރު ޖެހޭނީ އެ މަސައްކަތް ހުއްޓަވާލައްވަން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެހެން ރަށްރަށުގައި އެ މަސައްކަތް ކުރިއަށް ދާ ގޮތް މިސާލެއްގެ ގޮތުގައި ނަންގަވަމުން އެމަނިކުފާނު ވިދާޅުވީ އެ ރަށްރަށުން ވެސް ޕްލޭނިން މިނިސްޓްރީ އިން ގޯތި ދޫކުރަން ފަށައިފި ނަމަ، އެ ރަަށުގެ ކައުންސިލުން ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށެވެ.

”ނިކަން ވިސްނާލައްވާ މިހާރު މިސާލަކަށް އެހެން ރަށަކަށް، ތުލުސްދޫ އިން ގޯތި. މިތަނުން ހައުސިން މިނިސްޓްރީ އިން ދޭން ފަށައިފިއްޔާ ތުލުސްދޫ ކައުންސިލުގެ ކުރާނެ މަސައްކަތެއް ވެސް ނޯންނާނެ. މިއީ ކައުންސިލުން ކުރަން ޖެހޭ ކަމެއް. އަޅުގަނޑު ދަންނަވާނީ އެ މަސައްކަތް ކައުންސިލުން ކުރުމަށް ޑިމޮކްރެޓުންގެ ސަރުކާރެއްގައި، ފުރިހަމަ އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދޭނެ.“ ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: