ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ބޮޑު ބަދަލެއްގެ ބިންގާ އެޅޭނީ ދެވަނަ ދައުރެއް ދީގެން: ރައީސް ސާލިހު

ރިޔާސީ ކެމްޕެއިންގައި ރައީސް ސާލިހު އއ އަށް ކުރެއްވި ދަތުރުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދީ ބޮޑު ބަދަލެއްގެ ބިންގާ އެޅޭނީ ދެވަނަ ދައުރެއް ދީގެންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އަންނަ މަހު އޮތް ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގައި އއ އުކުޅަހުގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިއީ ހަމަހަމަކަން ގާއިމްކުރި ސަރުކާރެއްކަމަށާއި، ތަރައްގީ ގެނައުމުގައި ރަށުގެ ކުދި ބޮޑު މިނަށް ބަލައިފައިނުވާނެކަމަށެވެ. މި ސަރުކާރުގައި އަސާސީ ހިދުމަތްތައް އޮތީ ބޮޑު ތަނުން ފުރިހަމަކޮށްފައިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ދެވަނަ ދައުރެއް ލިބިއްޖެނަމަ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ކުރައްވާނެ މަސައްކަތަކީ، ނިޒާމުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ގާނޫނުތަކަށް ގެނަންޖެހޭ ބަދަލުތައް ގެނައުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެމްޑީޕީއަށް ދެވަނަ ދައުރެއް ދެއްވަންޖެހޭ ސަބަބު ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް ފެންނާނެކަމަށް ފާހަގަކޮށް ރައިސް ސާލިހު ވާހަކަދެއްކެވީ އެމްޑީޕިއަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާތީއެވެ.

ޝައްކެއް އޮތް ކަމެއް ނޫން. އިގްތިސާދީ ބޮޑު ބަދަލެއްގެ ބިންގާ މި އަންނަނީ އަޅަމުން. މިކަން އެކީ ނިންމާލެވޭނީ އަދި ދުވަސްކޮޅެއް ލިބިގެން. މިކަންކަން ކުރިއަށް ނުގެންދެވޭނެ, އަނިޔާވެރިކަމަށް އަނބުރާ ދާން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެ.

ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީއަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ، އިގްތިސާދީ ބޮޑު ބަދަލެއްގެ ބިންގާ އެޅިގެންދާނެކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ތަރައްގީގެ ސިޔާސަތެއް އެކުލަވާލައިގެން ތިބި ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށެވެ. މިކަން ކުރުމަށް ދުވަސްކޮޅެއް ބޭނުންކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ އަނިޔާވެރިކަމަށް އަނބުރާ ގޮއްސިނަމަ ގައުމު ތަރައްގީ ނުކުރެވޭނެކަމަށެވެ. އެމަނިކުފާނު އިޝާރާތް ކުރެއްވީ އިދިކޮޅުގެ ވެރިކަމަކަށެވެ. 2013 ވަނަ އަހަރުން 2018 އާއި ހަމައަށް އެ އަނިޔާވެރިކަން ތަޖުރިބާ ކުރެވިފައިވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މި ސަރުކާރުން ތަފާތު ދެއްކިކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އުކުޅަހަށް ބަލާލި ނަމަވެސް އެކަން ފެނިގެންދާނެކަމަށެވެ.

އަޅުގަނޑު ދެންނެވިހެން މި ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑުމެން މިދަނީ އުފާވެރި އަމާން ރާއްޖެއެއް ދިވެހިންނަށް ހޯދައިދިނުމަށްޓަކައި ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް ކޮށް ނިންމަމުން. ދެން އޮތީ އެ ރާއްޖެއަށް އަޅުގަނޑުމެން ދިޔުން.

ރައީސް ސާލިހު ވަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، އުކުޅަހަށް ކޮށްދެއްވާނެ ކަންކަންވެސް ހިއްސާ ކުރައްވާފައެވެ.

އޭގެ ތެރޭގައި:

  •  ފްލެޓް އަޅައި ދިނުން.
  • ތަރައްގީ ކުރަމުންދާ މަގުތަކުގެ އިތުރުން ރަށުގެ ބާކީ ހުރި މަގުތަކުގައި ތާރު އަޅައިދިނުން.
  • ކައުންސިލްއަށް އާ އިމާރާތެއް އެޅުން.
  • އޮފީސް ކޮމްޕްލެކްސްއެއް އެޅުން
  • ބޮޑު މިސްކިތެއް އަޅައި ދިނުން.
  • ރަށް ކައިރީގައި ސީޕްލޭން ޕްލެޓްފޯމެއް އަޅައި ދިނުން.
  • ރަށް ކައިރީގައި ޕިކްނިކް އައިލޭންޑެއް ތަރައްގީކުރުން.
  • ހިދުމަތް ރަނގަޅު ހޮސްޕިޓަލެއް އަޅައި ދިނުން.

ވައުދުތަކަށްފަހު ރަށުގެ ރައްޔިތުންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންނެވީ، މިއަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: