ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ބޭނުންކޮށްގެން ރައްޔިތުން ކަސްތޮޅު އަޅުވަމުންދިއުމަކީ ހިތާމައެއް: ނަޝީދު

ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ހިތާމައަކީ ރައްޔިތުން ކަސްތޮޅު އެޅުވުމަށް އެމްޑީޕީ ބޭނުންކުރަމުންދާ މަންޒަރު ފެނިވަޑައިގަތުންކަމަށް މަޖިލީހުގެ ރައީސް ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުން ތިބީ ހިޔާލު ފާޅުކުރަން ނުކެރިފައިކަމަށެވެ. އެގޮތުން އެމަނިކުފާނާއި ޒަމާނުއްސުރެ ގާތް ފަރާތްތަކަށްވެސް ވާހަކަދައްކަން ނުކެރިފައިތިބިކަމަށްވެސް ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ފެނިގެންދަނީ މީހަކު ”އަންތަރީސްވެ އަޖައިބުވާނެ“ ކަންކަން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ބާރެއް ލިބިފައިވާނަމަވެސް މިއީ ރައްޔިތުން ތިރިކޮށްލައި ނިކަމެތިކޮށްލަންވީ މިންވަރެއް ނޫންކަމަށާއި ފައިސާ ހުރިނަމަވެސް މިހާރު ފެނިގެންދާ ފަދަ އަމަލުތައް ފެނިގެންދިއުމަކީ ވެގެންވާނެ ކަންކަން ނޫންކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ ރައްޔިތެއްގެވެސް އަމިއްލަ ތޮބިއްޔަތަކާއި ޒަމީރެއް އަދި އަމިއްލަ ވިސްނުންތަކެއް ގެންގުޅޭނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ”ޖާނުގެ“ ތެރެއަށް ”ރޫހުގެ“ ތެރެއަށް ވަދެގަނެ ހިފަހައްޓައި ހައްޔަރުކޮށްގެން ކަސްތޮޅު އެޅުވުމަކީ އެއްވެސް އިރެއްގައި ސިޔާސީ މަސައްކަތްތައް ކުރައްވަން ފެއްޓެވި ސަބަބެއް ނޫންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެފަދަ ސިޔާސީ މަސައްކަތެއް ކުރައްވަން ޝައުގުވެރިކަމެއްވެސް ނެތްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ ބޭނުންކޮށްގެން ރައްޔިތުން ކަސްތޮޅު އަޅާ މަންޒަރު ފެނިގެންދިއުމަކީ ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ހިތާމަކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ އުފެއްދީ ޖާނާމާލު ދީގެން ލޭ އޮހޮރުވައިގެން ހަޔާތް އެކުގައި އަނދަގޮނޑީގައި ތިބެގެންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ ޕާޓީ އުފެއްދުމުގެ ހަމަ އެކަނި ބޭނުމަކަށް ވެގެންދިޔައީ މިނިވަންކަން ހޯދުންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ބޭނުންވީ ހިޔާލު ފާޅުކުރުނުގެ މިނިވަންކަން ހޯދުމަށާއި ޒަމީރު ބުނާގޮތަކަށް އަމަލުކުރުމުގެ މިނިވަންކަން ލިބިގަތުމަށްކަމަށެވެ.

އެހެންނަމަވެސް މިހާރު އެމްޑީޕީ ބޭނުންކުރަމުންދަނީ ދަނތުރައެއްގެ ގޮތުގައިކަމަށާއި އެ ޕާޓީގެ ބޭނުން އަނދަގޮނޑިއެއްގެ ސިފައިގައި ކުރެވެމުންދާކަމަށްވެސް ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ ކަންކަމަކީ އެއް ގޮތަކަށްވެސް ބަލައި ނުގަނެވޭނެ ކަންކަން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: