ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންނަށް ދިއުމަށް މަސައްކަތްކުރި ބޯޓެއް ރަޝިއާގެ އަސްކަރިއްޔާއިން ހިފަހައްޓައިފި

ރަޝިއާއިން ހިފަހައްޓާފައިވާ އުޅަނދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިންއަށް ދިއުމަށް މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކޮށް ރަޝިއާގެ އަސްކަރީ މަނަވަރަކުން ކާގޯ ބޯޓެއް ހިފަހައްޓައިފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ރަޝިއާގެ އަސްކަރީ މަނަވަރަކުންވަނީ ބްލެކް ސީ ސަރަހައްދުން މުދާ ހިފައިގެން ދަތުރުކުރަމުންދިޔަ އުޅަނދަކަށް އަމާޒުކޮށް އިންޒާރު ދިނުމުގެ ގޮތުން މަނަވަރު މެދުވެރިކޮށް ބަޑި ޖަހާފައެވެ. އަދި އެއަށް ފަހު އެ ގައުމުގެ ސިފައިން އެ އުޅަނދަށް އަރާފައިވާމަށާއި ކަން ހިނގާފައިވާކަން ކަށަވަރުވެފައިވަނީ ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ މައުލޫމާތުގެ ސަބަބުންކަމަށް ބުނެފައިވެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ޔޫކްރެއިން އަދި ރަޝިއާ ދެމެދު އދއިން ގާއިމުކުރުމަށް މަސައްކަތްކުރި އެއްބަސްވުމަކުން ރަޝިއާއިން ބޯދަމައިގަނެފައިވަނިކޮށެވެ. އދ އިން ގާއިމުކުރުމަށް މަސައްކަތްކުރި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކާޑު އެކްސްޕޯޓުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ޔޫކްރެއިންއަށް އެ މަސައްކަތްތައް ކުރަމުުން ގެންދިއުމުގެ ފުރުސަތުތައް ފަހިވެގެންދިޔައެވެ.

ރަޝިއާއިން ބުނެފައިވާގޮތުން، ޔޫކްރެއިންއަށް ދިއުމަށް މިސްރާބު ހިފާފައިވާ ކޮންމެ އުޅަނދަކީވެސް އެ ގައުމަށް ހަތިޔާރު ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ އުޅަނދެއްކަމަށް އެ ގައުމުން ބަލާނެއެވެ. ޔޫކްރެއިންއިންވެސް ވަނީ ރަޝިއާގައި ބަނދަރުކުރުމަށް ދަތުރުކުރާ އުޅަނދުތަކަށް އެއް ބާވަތެއްގެ އިންޒާރުތަކެއް ދީފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ރަޝިއާއިން ބުނެފައިވާގޮތުން އިންޒާރު ދިނުމުގެ ގޮތުން ހަތިޔާރުގެ ބޭނުންކޮށްފައިވަނީ އުޅަނދު ބަލާ ފާސްކުރުމަށް ހުއްޓުމަށް ދިން އިރުޝާދަށް އެ އުޅަނދުން އަމަލު ނުކުރުމުންނެވެ. އެހެންކަމުން ރަޝިއާގެ މަނަވަރުންވަނީ އެ އުޅަނދުގައި ހަރުކޮށްފައިވާ ކުދި އޮޓަމެޓިކް ހަތިޔާރުތައް ބޭނުންކޮށްގެން އެ އުޅަނދު ހުއްޓުވާފައިކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، ހިފަހައްޓާފައިވާ އުޅަނދު ޔޫކްރެއިންގައި ބަނދަރުކުރުމަށް މަސައްކަތްކުރާކަމަށް ރަޝިއާއިން ތުހުމަތުކުރި ނަމަވެސް އެ އުޅަނދު ދަތުރުކުރަމުންދިޔައީ ރޮމޭނިއާގެ ބަނދަރަކަށް ކަމަށް ކަނޑުމަތީގެ ހަރަކާތްތައް ދައްކައުވެދޭ ވަސީލަތްތަކުގެ އަލީގައި އެނގިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: