ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް: އެމްޑީޕީއަށް ނިސްބަތްވާ 3 މެމްބަރެއްގެ ނަން އިއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ނިސްބަތްވާ 3 މެމްބަރެއްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނިކުތުމަށް ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޖަލްސާ ފެށުމާއި އެކު މަޖިލީހުގެ ތަޅުން ވަނީ ހޫނުވެފައެވެ. ރަށްރަށަށް ވަޑައިގެން ހަމަނުޖެހުން ހިންގާ އުސޫލުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ނުހިންގުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެމްބަރުންނަށް ވަނީ ގޮވާލައްވާފައެވެ.

މަޖިލިސް ޗުއްޓީއަށް ދިއުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ކުރިއަށްދާއިރު، މިއަދުގެ ޖަލްސާގައި ރައީސްކަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ.

މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރުމުން ނަން އިއްވާފައިވަނީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީގެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް މެމްބަރުން މަޖިލީހުގެ ތަޅުމަށް އިޙްތިރާމްކުރުމަށާއި، މަޖިލީހުގެ ގަވަޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެފައެވެ. އަދި ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރާ އުސޫލުން މަޖިލީހުގެ ތަޅުމުގައި ނޫޅުމަށް ވަނީ މެމްބަރުންނަށް ގޮވާލައްވާފައެވެ.

މިއީ ރައްޔިތުންގެ މަޖިލިސް. މިތަނަކަށް ޕެޕާރ ސްޕްރޭއެއް މުގުރެއް ނުވެއްދޭނެ“ ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ 3 މެމްބަރެއްގެ ނަން އިއްވާފައިވާއިރުވެސް، އަދިވެސް މެމްބަރުން ތަޅުމުން ނިކުމެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: