ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަ ޑިމޮކްރެޓްސް މަޖިލީހުގެ ދަފްތަރުގައި ހިމަނައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ދަ ޑިމޮކްރެޓްސް ހިމަނައި އެ ޕާޓީއަށް ނިސްބަތްވާ 3 މެމްބަރަކު ލިޔުން ހުށަހަޅާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިޢުލާންކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވަޢިދުގެ 33 ވަނަ މާއްދާގެ (ނ) ގެ (2) ނަންބަރަސް ހާވާލާދީ އް މާއްދާގެ (ބ) ގައިވާ ގޮތުގައ މަތިން މަޖިލީހުގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެން އެ ޕާޓީގެ ނަމުގައި މަޖިލިސް ތަމްސީލްކުރުމަށް އެދިފައިވާތީ އާއި މަޖިލީހުގައި މިކަން ބަޔާންކުރާ ލިޔުންތައް އެ މެމްބަރުން ހުށަހަޅާފައިވާތީ ދަ ޑިމޮކްރެޓްސް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކޮށް މި ދެންނެވި 3 މެމްބަރުންނަކީ މަޖިލީހުގައި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އެ ޕާޓީ ތަމްސީލް ކުރައްވާ މެމްބަރުންކަން ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ ގަވަޢިދުގެ 34 ވަނަ މާއްދާގެ (ބ)ގެ ދަށުން އެކަން އިޢުލާން ކުރައްވާފައިވެއެވެ.

މީގެ އިތުރުން ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަނަވާ މެމްބަރުން މަޖިލީގަށް ޕާޓީ ބަދަލްކުރެއްވިކަމުގެ ލިޔުންތައް ހުށަހަޅަމުން ގެންދަވާކަން ފާހަގަކުރައްވާ، މިވަގުތު ލިޔުން ހުށަހަޅާފައިވަނީ 3 މެމްބަރުންކަން ފާހަގަކުރެއްވިއެވެ. އަދި މި 3 މެމްބަރުންނާއި އެކު ޑިމޮކްރެސްޓް މަޖިލިސްގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ވަނީ ހިމަނާފައެވެ.

މި ބަދަލާއި އެކު މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެކުލެވޭ މެމްބަރުންގެ އަދަދު:

  • އެމްޑީޕީއަށް ނިސްބަތްވާ 54 މެމްބަރުން
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް 5 މެމްބަރުން
  • ޕީޕަލްސް ނެޝަނަލް ކޮންގްރެސް 3 މެމްބަރުން
  • މޯލްޑިވްސް ނެޝަނަލް ކޮންގްރެސް 3 މެމްބަރުން
  • ދަ ޑިމޮކްރެޓްސް 3 މެމްބަރުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލާއެންސް 2 މެމްބަރުން
  • ޖުމްހޫރީ ޕާޓީ 2 މެމްބަރުން

އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ 15 މެމްބަރުން ހިމެއެވެ. ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް އައި މި ބަދަލާއި އެކު މަޖިލީހުގެ ބަހުސްތަކާއި ކޮމެޓީތަކުގެ ބަހުސްގައި މެންބަރުން ވާހަކަ ދައްކަވާއިރު، ވަގުތުދޭ އުސޫލަށް ބަދަލު އަންނާނެކަންވެސް ވަނީ އިޢުލާންކޮށްފައެވެ.

މީގެ އިތުރުން 2023 ޖުލައި 10 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޚާއްސަ ޖަލްސާގައި މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމެޓީތަކުގައި އިއްޒަތްތެރި މެމްބަރުން ތަމްސީލް ކުރައްވާނެ ނިސްބަތް ފާސްކުރެވުނުކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގަވަޢިދުގެ 131 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުކުރުމަށްޓަކައި ސިޔާސީ ޕާޓިތަކަށް ލިބިފައިވާ ސްލޮޓްތަކުގެ ތެރެއިން މަދު ސްލޮޓެއް ފިޔަވައި ހުރިހާ ސްލޮޓެއްގައި ތަމްސީލްކުރައްވާނެ މެމްބަރުންގެ ނަންފުޅުތައް ސިޔާސީ ޕާޓީތަކުން ފޮނުވާފައިވާކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވަނީ އިޢުލާންކުރައްވާފައެވެ.

ދަ ޑިމޮކްރެޓްސް މަޖިލީހުގެ ދަފްތަރުގައި ހިމަނާަފައިވާކަން އިޢުލާންކޮށްފައިވަނީ މިހާރު ކުރިއަަށްދާ ރައްޔިތުންގެ މަޖިލީގު މިއަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: