ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މީގެ ކުރިން 100 މީހަކު ވެރިކަން ކުރި، އެ މީހުންނަށް ކުދި ރަށްތަކެއް ނުފެނުނު: ރައީސް ސާލިހު

ރައީސް ސާލިހު: ފޮޓޯ/ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވެރިކަން ކުރެއްވި 100 މީހަކު މީގެކުރިން ފެނިފައިވާ ކަމަށާއި ނަމަވެސް، އެއްވެސް ބަޔަކަށް ދިވެހިރާއްޖޭގެ ކުދި ރަށްތައް ފެނިފައިނުވާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބ އަތޮޅު ފުޅަދޫގައި ގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަަވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެވެމެންދާތާ އެއްހާސް އަހަރު ދުވަސް ވެފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ރަސްކަލުންނާއި ރަނިރަނިކަލުންގެ އިތުރުން ބޮޑުވަޒީރުކަންވެސް ކުރެވިފައިވާކަމަށާއި އެގޮތުގެ މަތިން އެމަނިކުފާނުގެ ކުރިއަށް 100 މީހަކު ވެރިކަން ކުރެއްވިކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ ވެރިކަމަށް އައި 101 ވަނަ މީހާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެން އެއްވެސް ފަރާތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުދި ރަށްތަށް ފެނިގޮސްފައިނުވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކުރިން އައި ވެރިކަންތަކުން ދިވެހި ރައްޔިތުން ބޭނުންކުރަމުންދިޔައީ ވެރިންގެ އަމިއްލަ މުހުތާތައް ފުއްދުމަށްކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ 2018 ވަނަ އަހަރުގެ ސިޔާސަތަކީ ކުޑަ ރަށެއް ބޮޑުރަށެއް ތަފާތު ނުކޮށް ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވެގެންދާ ގޮތް އެންމެ ރަނގަޅަށް ފެނިގެންދާ އެއް ރަށަކީ ފުޅަދޫކަމަަށެވެ. އެމަނިކުފާނު ވިދާޅުވީ، ލަފާފުރުމުގެ ދަތިތަކާއި ސިއްހީ ހިދުމަތްތައް ހޯދުމުގެ ދަތިކަމުގެ އިތުރުން ތައުލީމު ހާސިލުކުރުމުގެ ދަތިތައްވެސް އެ ރަށުން ފާހަގަކުރެވުނުކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ތެރޭގައި ކޮންމެ ރަށެއްގެވެސް ބޮޑު ހިއްސާއެއް އޮންނަކަމަށް އިޝާރާތްކުރެއްވިއެވެ. ރައީސް ވިދާޅުވީ، ރަށަށް ފޭބުމުންވެސް ހިތްހަމަޖެހުންތަކެއް ލިބިގެންދާކަމަށެވެ.

އެމަނިކުފާނުވަނީ ރަށުގައި ދިރިއުޅުމަށް ބޭނުން ނުވާނެ މީހަކު ހުންނާނެކަމާއިމެދު ސުވާލު އުފައްދަވާފައެވެ. ރައީސް ވިދާޅުވީ، އެހެންނަމަވެސް ދަތިތައް ދިމާވެފައިވާކަމަށާއި އެގޮތުގެ މަތިންކަންކަން ދިމާވެފައިވަނީ ރަށު ރަށްޔިތުންނަށް ދިރިއުޅެވޭނެ ގޮތެއް ސަރުކާރުތަކުން ދައްކައިދީފައިނުވުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ރަށްތަކަށް ދިއުން ފަސޭހަ ކަމަކަށް ވާންޖެހޭކަމަށެވެ. އަދި ރަށްތަކުން ސާފު ބޯފެންވެސް ލިބެންޖެހޭކަމަށާއި ދަރިން ތަރުބިއްޔަތުކޮށް ތައުލީމު ދިނުމުގެ މަގުވެސް ފަހިވެފައިވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނަށް ސިއްހީ ހިދުމަތްތައްވެސް ލިބެންޖެހޭކަމަށާއި އެ ހިދުމަތްތައް ނެތި ރަށްތަކުގައި ދިރިއުޅެވޭނެ ގޮތެއް ނުވާނެކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު ރާއްޖޭގެ އެކި ރަށްތަކުގައި ބޮޑެތި ބަދަލުތަކެއް ފެންނަމުންދާކަމަށެވެ. ރައީސް ވިދާޅުވީ، ފުޅަދޫގެ ރަށްވެހިންނަކީ މަސައްކަތްތެރި ބައެއްކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ގެންނަމުންދާ ބަދަލުތަކާއިއެކު ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުން ރަށުގެ އިގްތިސާދު ތިން ގުނަ ވެގެންދާ މަންޒަރު ފެނިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: