ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ފަސް އަހަރުގެ ތެރޭގައި ޖެހުނީ މީގެ ކުރީ ސަރުކާރުތަކުން ހާވާފައިވާ ހަޑިތައް ސާފުކުރަން: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

މި ފަސް އަހަރުގެ ތެރޭގައި ޖެހުނީ މީގެ ކުރީ ސަރުކާރުތަކުން ހާވާފައިވާ ހަޑިތައް ސާފުކުރުން ކަމުގައި އިކޮނޮމިކް މިނިސްޓަރު އަދި ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވިއެވެ.

ރޭ އެމްޑީޕީއިން ވަނީ އުފާވެރި އަމާންރާއްޖެ މެނިފެސްޓޯގެ އުފާވެރި އިޤްތިޞާދީ ބޮޑު ބަދަލް ސިޔާސަތު އިފްތިތާހްކޮށްފައެވެ. މިކަމަށްޓަކައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރައީސް ޞާލިހްގެ ވެރިކަމުގެ ފަސް އަހަރު ޖެހުނީ ކުރީ ސަރުކާރުތަކުން ހާވާފައިވާ ހަޑިތައް ސާފުކުރަންކަމުގައެވެ. އެގޮތުން ގައިން ތާހިރުވާނެ ގޮތްތަކެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމާއި ތަޢުލީމީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފަސޭހަކަމާއި އެކު ތަޢުލީމް ހާސިލްކުރެވޭން ގޮތްތައް ޤާއިމްކުރުންމާއި ޞިއްހީ ދާއިރާ އޮތް ހާލަތު، މިއަދު އޮތް ހާލަތައް ގެނައުމަށް ކުރަން ޖެހުނު މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ފައްޔާޒްގެ ވާހަކައިގައި މިހާތަނަށް އިފްތިތާހް ކުރެވުނު އެމްޑީޕީގެ މެނިފެސްޓޯތަކުގައި ވާނީ ހުރިހާ ދާއިރާތަކަކުން ދިވެހިރާއްޖެއަށް ބޮޑެތި ބަދަލްތަކެއް އަންނާނެ ސިޔާސަތުތަކެއްކަމަށް ވިދާޅުވިއެވެ. އަދި އެ ސިޔާސަތުތަކަކީ ރިސޯޓެއްގައި ތިބެލައިގެން ގްރޫޕެއް އެއްކޮށް ތިބެލާފައި ހުށަހެޅި އެއްޗެއް ނޫންކަމަށް ވިދާޅުވިއެވެ. އެއީ ސަރުކާރުގައި ވީ 5 އަހަރަށް އަދި ވޭތުވެދިޔަ 20 އަހަރު މަގުމަތީގައި ރައްޔިތުންނާއި އެއްކޮށް އުޅެ އެބޭފުޅުން ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުންގެ ބޭނުންތައް އިނގިގެން މި ފަސް އަހަރުގެ ތެރޭގައި އެކްންކަން ތަންފީޒު ކުރަމުން ގޮސް ލިބުނު ތަޖުރިބާގެ އަލީގައި މިގައުމު ދެން ގެންދަވީ ހިސާބު ކަނޑައެޅުމަށްޓަކައި ވިސްނާ ފިކުރުކޮށް އެކަންކަމާއި ބެހޭ މާހިރުންނާއި މަޝްވަރާ ކުރެވިގެން ހުށަހަޅާފައިވާ ސިޔާސަތުތަކެއްކަމަށް ވިދާޅުވިއެވެ.

ފާއިތުވި ހަތަރު އަހަރު ރާއްޖެއަށް ކުރެވުނު އިންވެސްޓްމެންޓް އަކީ ކުރިއަށް އޮތް ފަސް އަހަރަށް އެމްޑީޕީގެ ދެވަނަ ދައުރަށް ހުށަހެޅުނު ސިޔާސަތުތަކަށް ތައްޔާރުވުމަށް ކުރެވުނު މަސައްކަތްކަމުގައި ވިދާޅުވިއެވެ. އެކަންކުރީ ރައީސް ޞާލިހްގެ ސަރުކާރުން ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ދެންވެސް ދިވެހިރާއްޖެ ގެންދަންޖެހޭ ހަރުފަތަކަށް ގެންދިއުމުގެ ޤާބިލްކަމާއި އިލްމާއި ހިލްމާއި އޮތީ ހަމަ ރައީސް ޞާލިހާއި މި ގުޅިފައިވާ ކޯލިޝަނާއި އެކުކަމަށް ވިދާޅުވިއެވެ.

މި ހުރިހާ ބަދަލްތަކެއް ގެންނަމުންދާއިރު، ފިތުނަ ވެރި ވާހަކައާއި ކަނޑައެޅިގެން ދޮގު ވާހަކަތައް ހަދަމުންދާއިރުގައި ދިވެހި ރައްޔިތުން ވިސްނަވާލައްވަންވީ މިހާރު ކުރެވިފައި ހުރި މަސައްކަތްތަކާއި ސަރުކާރުން މިއަދާއި ހަމައަށް މި ކުރި ދަތުުރުތަކާއި ހަމައަށް ވިސްނާލައްވަން އެބަޖެހޭކަމަށް ވިދާޅުވިއެވެ.

”ދިވެހިރާއްޖޭ އޮތީ ދަރާފައެއް ނޫން. ނުވެސް ދަރާނެ. ކުރިއަށްވުރެން މާ ވަރުގަދަ އިޤްތިޞާދަކަށް މިހާރު މި އިޤްތިޞާދު މިއޮތީ ބަދަލްވެފަ. ދަރާ ވާހަކަ ދައްކާއިރު އެއްވެސް ބޭފުޅަކަށް ވިދާޅެއް ނުވެވޭ އެބޭފުޅުންގެ ސިޔާސަތަކީ ކޮބައިކަމެއްތޯ ދެރިޔަ ނުދީ ހިފަހައްޓަން. އަޅުގަނޑުމެން މި ދަންނަވަނީ ފުރަތަމަ ކަމަކަށް ނުދަރާނެޔޭ. ނުދަރާ މިގައުމު ކުރިއަށް ބާރަށް ގެންދެވޭނީވެސް ރައީސް ޞާލިހާއި އެކު އަޅުގަނޑުމެންގެ ކޯލިޝަނާއި އެކު.“ ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީއިން ރޭ އިފްތިތާހްކުރި ”އިޤްތިޞާދީ ބޮޑު ބަދަލް“ ސިޔާސަތުގައި ހިމެނެނީ:

  • ބާރުވެރި އިޤްތިޞާދު
  • އިޤްތިޞާދީ ހަރަކާތްތަކުގައި އެންމެން ބައިވެރިވުން
  • އެކާވީސް ގަރުނަށް މާލީ ދާއިރާ
  • ވިލުންތެރި އިޤްތިޞާދު

ރޭ އިފްތިތާހްކުރެވުނު އިޤްތިޞާދީ ބޮޑު ބަދަލުގެ ސިޔާސަތުތަކުގައި އެކާވީސް ވަނަ ގަރުނަށް މާލީ ދާއިރާގައި ގިނަ ކަންކަންތަކެއް ކުރުމަށް ހިމަނާފައި ވެއެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: