ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ގެންދަވަނީ ދައުލަތުގެ ފައިސާއިން މެމްބަރުންނަށް ރިޝްވަތު ދެއްވަމުން: ނަޝީދު

އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެ ޕާޓީއިން އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ދައުލަތުގެ ފައިސާ ބޭނުންކުރައްވައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަމުންދާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަލުން އެމްޑީޕީއާއި ގުޅިފައިވާއިރު، ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދުވަނީ ރައީސް ސާލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ސާލިހު އުޅުއްވަނީ ލަދެއް ނެތި ބިރެއް ނެތިކަމަށެވެ. އަދި އެހެންކަމުން ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން މަޖިލީހުގެ މެމްބަރުންނާއި އެހެނިހެން މީހުންނަށްވެސް ރައީސް ސާލިހު ރިޝްވަތު ދެމުން ގެންދަވާކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެކަން ކޮށްގެން ރައީސް ސާލިހަށް ލިބޭނެ ފައިދާއެއް ނެތްކަމަށާއި އެމަނިިކުފާނު ފަލީހަތްވާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ރައީސް ސާލިހުގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުހުމަތުކުރައްވާފައިވާއިރު، މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރުވަނީ އެމްޑީޕީއަށް އަލުން ސޮއިކުރެއްވުމަށްފަހު ސޯޝަލްމީޑިއާގައި ފޮޓޯއެއް ހިއްސާކުރައްވާ އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ޝިޔާން ވިދާޅުވީ، އޭނާ ވިސްނުން ބަދަލުކުރެއްވީ އެ ދާއިރާ އަދި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ވިންދާ އެއްގޮތްވާގޮތުގެ މަތިންނެވެ. އަދި ރައީސް ސާލިހަށް ތޮއްޑޫ ދާއިރާގެ ސާފު ބޮޑު އަގުލަބިއްޔަތު ލިބޭނެކަމަށާއި އެމަނިކުފާނަށް އިންތިހާބު އެއްބުރުން ކާމިޔާބުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: