ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯރަމް ހަމަނުވާތީ މަޖިލީސް ކުރިއަށް ނުގެންދެވުނު!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯރަމް ރަނގަބީލް ޖަހައި ވަގުތު ހަމަވެގެން ދިޔައިރުވެސް، ޖަލްސާ ފަށަން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތުމުން ޖަލްސާ ނިންމާލައިފިއެވެ.

މިއަދުގެ މަޖިލީސް ފެށުމާއިއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޖަލްސާ ފަށާއިރު 22 މެންބަރުން ތަޅުމަށް ހާޒިރުވެ ތިބެންޖެހޭކަމަށެވެ. ކޯރަމް ރަނގަބީލް ޖަހައި ވަގުތު ހަމަވެގެން ދިޔައިރުވެސް، މެންބަރުން ހަމަނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ޖަލްސާ ބޭއްވެން ނެތްކަމަށް ވިދާޅުވެ ރައީސް ނަޝީދު ޖަލްސާ ނިންމަވާލެއްވިއިރު، މިއަދުގެ އެޖެންޑާގައި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ ހިމެނެއެވެ.

އޭގެ އިތުރުން ދުވަހުގެ މަސައކްަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުން ހިމެނެއެވެ.

ޖަލްސާ ނިންމާލިއިރު، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދިވެސް އޮތީ ކުރިއަށް ނުގޮސްއެވެ. މި މައްސަލަ ކުރިއަށް ނުގޮސްވާތީ ގިނަ ބަޔަކު ގަބޫލުކުރަނީ މަޖިލީހުގައި ”މަރުތަޅު“ އެޅިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: