ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފުރަތަމަ ޓުއަރިޒަމް ކްލައިމެޓު އެކްޝަން ޕްލޭން އިފްތިތާހުކޮށްފި!

ޓުއަރިޒަމް ކްލައިމެޓު އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ތެރެއިން: ފޮޓޯ/ ޓުއަރިޒަމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ފުރަތަމަ ޓުއަރިޒަމް ކްލައިމެޓު އެކްޝަން ޕްލޭން އިފްތިތާހުކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގެ މަތިން ތަރައްގީކުރުމަށް އެކުލަވާލާފައިވާ “މޯލްޑިވްސް ޓުއަރިޒަމް އެކްޝަން ޕްލޭން” އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމްވަނީ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްލޭންތަކުގެ ތެރޭގައި މީގެ ކުރިންވެސް ތިމާވެއްޓަށް ރިއާޔަތްކޮށް ބައެއް ކަންކަން ހިމެނިފައިވާނަމަވެސް އަލަށް އިފްތިތާހުކުރެވިގޮސްފައިވާ ޕްލޭނަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށް އެފަދަ ފުރަތަމަ ޕްލޭންކަމަށެވެ.

މައުސޫމް ވިދާޅުވީ، ރާއްޖޭގެ އެންމެހާ ދާއިރާތަކުގެ ކުރިއެރުމަށް ބިނާކުރާ އެ ފަދަ އެންމެހާ ޕްލޭންތަކުގެ ތެރެއަށްވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެގެންދާ ގޮންޖެހުންތަކާއި ގުޅޭ މާއްދާތައް ހިމެނުމަށް ސަރުކާރުން އަބަދުވެސް ބޭނުންވެފައިވާކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އެކަމަށް ކުރިއެރުންތަކެއް ލިބިފައިވުމާއިމެދު އުފާކުރައްވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށްވެސް ނުރައްކާތައް ކުރިމަތިވެފައިވާކަމަށާއި ރާއްޖެއަކީ އެކަމުގެ ސަބަބުން އެންމެ ބޮޑަށް ދަތިތައް ދިމާވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމުކަމަށެވެ. މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބަރޯސާވެފައިވާ ރާއްޖޭގެ ފަރުތަކާއި އެހެނިހެން އެފަދަ ވަސީލަތްތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މޫސުމީ ބަދަލުތަކާއި ގުޅޭ ބައިނައްލަގުވާމީ މުއައްސަސާތަކުގެ ރިޕޯޓުތަކުން ދައްކާގޮތުން، ދުނިޔޭގެ ހޫނު މިން 1.5 ޑިގްރީ ސެލްސިއަސްއިން އިތުރުވެއްޖެ ހާލަތެއްގައި ފަރުތަކުގައި އުފެދިފައިވާ މުރަކަތަކުގެ 70 އިންސައްތައާއި 90 އިންސައްތައާއި ދެމެދުގެ އަދަދެއް މަރުވެގެންދާނެއެވެ. އެހެން ނަމަވެސް އިންސާނުންނަކީ ހާލަތާއިއެކު ކަންކަމަށް ހޭނި ބަދަލުތައް ގެނައުމުގައި ކުޅަދާނެ ބައެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިމަގަށް ވިސްނައި މުރަކަ ހައްދައި އާލާކުރުމަށްޓަކައި ނާސަރީ ފަދަ ވަސީލަތްތައް ބިނާކުރެވިފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ނާސަރީތަކަކީ ކުރިމަގުގައި ދުނިޔެ ހޫނުވެގެންދާނެ މިންގަނޑުތަކަށް ރިއާޔަތްކޮށް މުރަކަތައް އެކަމަށް ހާނުވައި އެފަދަ ހާލަތެއް ކެއްކުރެވޭނެ ތަކެއްޗަށް ވެގެންދާނެކަން ކަށަވަރުކުރުމަށް ބިނާ ކުރެވިފަިއވާ ތަންތަންކަމަށެވެ.

މައުސޫމު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ ދެމެހެއްޓެނިކަން ކަށަވަރުކުރުމަށް އެ ދާއިރާގެ ތެރެއިން އަމަލީ ހަރުދަނާ މަސައްކަތްތަކެއް ކުރެވިގެންދިއުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މުހިންމުކަމެއްކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ފަސްވަނަ ފަތުރުވެރިކަމުގެ މާސްޓާރޕްލޭންގެ އަސަސެއްގެ ގޮތުގައި ރާއްޖެއަކީ ދުނިޔޭގެ އެންމެ ދެމެހެއްޓިނިވި ގޮތެއްގެ މަތިން ބިނާކުރެވިފައިވާ ފަތުރުވެރިކަމުގެ މަންޒިލަށް ހެދުމުގެ އަމާޒު ކަނޑައަޅާފައިވާކަމަށް ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ރައްކައުތެރިކަން ކަށަވަރުކުރުމަކީ ދިވެހިރާއްޖޭގެ މުޅި އިގްތިސާދު ރައްކައުތެރިކުރުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ،.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: