ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަށް ވާސިލްވެ، އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔައިފި

އެއް މިލިއަން ފަތުރުވެރިން ގެނައަުމަށް ކަނޑައެޅި އަމާޒަށް ވަނީ ވާސިލްވެފައި ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އަންނާނެ ކަމަށް އަންދާޒާކުރި ފަތުރުވެރިންގެ އަމާޒަށް ވާސިލްވެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުޙަބާ ކިޔައިިފިއެވެ.

މިއަހަރު ރާއްޖެއަށް އައި އެއް މިލިއަން ވަަނަ ފަތުރުވެރިޔަކީ ފްރާންސަށް ނިސްބަތްވާ ވިންސެންޓް ޕިޓާއު ނަމަކަށް ކިޔާ ފިރިހެނެކެވެ.

ސަގާފީ ކުލަ ގަދަ ހަރަކާތްތަކަކާއެކު އޭނާއަށް ވެލާނާ އިންޓަނޭޝަން އެއާޕޯޓުން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓްރީއިންނާއި މޯލްޑިވްސް މާކެޓީންގް އެންޑް ޕަބްލިކް ރިލޭޝަން އެމްއެމްޕީއާރުސީއިންނާިއ އަދިވެސް ފަތުރުވެރުކަމުގެ ދާއިރާގައި މަސައްކަތް ކުރާ އިސްބޭފުޅުންނެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން ފޮޓޯ: ވަގުތު

މިއަދު ރާއްޖެއައި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައީ އޭނާ އަންހެނުންނާއި އެކުގައެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އޭނާ ރާއްޖެ އައިސްފައި ވެއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ވިންސެންޓް ޕިޓާއު ބުނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުވެސް ރާއްޖެއައުމަށް ރާވާފައިވާ ކަމަށާއި ރާއްޖެއަކީ އަބަދުވެސް އެމީހުންގެ އެންމެ މަގުބޫލް މަންޒިލް ކަމަށެވެ. އއަިދ މިއަދުގެ މަރުހަބާ ކިޔުން ވަރަށް ފުރިހަމަ ކަމަށާއި ވަރަށް އުފާވެއްޖެ ކަމަށް އޭނާ ބުންޏެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން ފޮޓޯ: ވަގުތު

ސަންގު ޓީވީއަށް ދެއްވި އިންތަވިއުއެއްގައި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ މިނިސްޓްރީގެ އަމާޒަކީ އަހަރު ނިމޭއިރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިކަން ފާހަގަކޮށް، ކުރިޔަށް އޮތީ ފަތުރުވެރިކަމުގެ ދާއިރާގެ ޕީކް ސީޒަން ކަމަށް ވުމުން އަހަރުގެ ފަހުކޮޅު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ލަފާ ކުރައްވާފަ އެވެ.

ރާއްޖެއަށް ކުރިޔަށް އޮތް ދުވަސްތަކުގައި ގިނަ ފަތުރުވެރިން އަންނާނެކަމަށް އަންދާޒާ ކުރެވުނު ނަމަވެސް، ކޮވިޑު-19 ގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އެއްފަހަރާ ގިނަ ފަތުރުވެރިންނަށް ހިދުމަތް ދޭން ތައްޔާރެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެއަށް އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 4000-3000 ދެމެދުގެ ފަތުރުވެރިން އަންނައިރު ވީއައިއޭގެ ފިޔަވަޅުތަކުގެ ސަބަބުން އިމިގްރޭޝަންގެ ކްލިއަރެންސްއަށް ގިނަ ވަގުތު ހޭދަ ކުރަން ޖެހެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުވާލަކަށް ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަަދު މިހާރު ވަނީ 4000 އަށްވުރެ މައްޗަށް އަރާފައެެވެ. މި މަސް ފެށިގެން އައިިރު، އެ އަދަދުތައް 3000 ގައި އުޅުނު ނަމަވެސް މި މަސް ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި 6000 ފަތުރުވެރިންވެސް ރާއްޖެ އައިސްފައި ވެއެވެ. މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި ވަނީ ރަޝިއާއެވެ. ތިންވަނައިގައި ވަނީ ޖަރުމަނެވެ.

އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ އިންޑިއާއެވެ. އެއަށްފަހު ރަޝިއާ، ޖަރުމަނުވިލާތް، އެމެރިކާ، ޔޫކްރެއިން، ސްޕެއިން، އިނގިރޭސިވިލާތް، ފްރާންސް އަދި ކަޒަކިސްތާން ހިމެނެއެވެ.

އަހަރު ނިމުމުގެ ކުރިން 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކީ އިރު މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ. ކޮވިޑްއާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދޮރާށި ވަނީ އެއްކޮށް ބަންދުވެފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވުމާއެކު ފަތުރުވެރިކަން އާރޯ ކުރުމަށް ސަރުކާރުން ދިޔައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: