ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ފެބްރުއަރީގައި ފަތުރުވެރިން އައި އަދަދު 27.6 އިންސައްތަ އިތުރު: ޓުއަރިޒަމް މިނިސްޓްރީ

ހުސްވި މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު، 27.6 އިންސައްތައިގެ އިތުރުވުމެއް އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.

މިނިސްޓްރީގެ އެންމެ ފަހުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބު ދައްކާގޮތުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވަނީ 131،765 ފަތުރުވެރިންނެވެ. އެހެންނަމަވެސް މި އަހަރުގެ އެ އެހިސާބަށް އައި ފަތުރުވެރިންގެ އަދަދަކީ 172،499 ކަމަށްވުމުން އެ މަހުގެ ތެރޭގައި އައި ފަތުރުވެރިންގެ އަދަދުތައްވެސް 30 އިންސައްތައަށްވުރެ އިތުރުވެފައިވެއެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވަނީ 109،985 ފަތުރުވެރިންނެވެ. އެހެންނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އައި ފަތުރުވެރިންގެ އަދަދުތައް 23.5 އިންސައްތައިން އިތުރުވެފައިވާކަމަށާއި، ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 135،868 ފަތުރުރިން އައިސްފައިވާކަމަށްވެސް ނެރިފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓުއަރިޒަމް މިނިސްޓްރީއިން ވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތައްވެސް ފާހަގަކޮށްފައެވެ. އެގޮތުން ރަޝިއާ އެއްވަނަ މާކެޓެއްގެ ގޮތުގައި އޮތް އިރު، ދެވަނައިގައި އޮތީ އިންޑިއާއެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވާ އެއް ގައުމުކަަމަށްވާ ޗައިނާ އޮތީ އަށް ވަނައިގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: