ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއާއި ގުޅެން މެންބަރުންނަށް ރިޝްވަތު ދީފައެއް ނޯންނާނެ: ރައީސް ސާލިހު

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެން މެންބަރުން އަލުން އަނބުރާ އެމްޑީޕީއަށް ގެނައުމަށް ރިޝްވަތުދީފައިނުވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ދަ ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތީ ރައީސް ސާލިހު ރިޝްވަތުދެއްވައިގެންކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި މައްސަލަ ފުލުހަށްވެސް ހުށައަޅާފައެވެ. ނަމަވެސް ބައެއް މައުލޫމާތުތައް ފުރިހަމަވެފައި ނެތުމުން މި މައްސަލަ ބަލައިދެވެން ނެތްކަމަށް އަދި ރަޖިސްޓްރީ ކުރެވެން ނެތްކަމަށް ފުލުހުން ވަނީ ނިންމާފައެވެ.

ތ އަދި ލ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް، ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސާލިހު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް ކުރެއްވި ރިޝްވަތުގެ ތުހުމަތު ދޮގު ކުރައްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ އެ ދެ މެންބަރުންވެސް އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތީ ދާއިރާގެ ރައްޔިތުންގެ ވިންދާއި އެއްގޮތަށްކަމަށެވެ. އެއްވެސް މެންބަރަކާއި ދެމެދ، ފައިސާގެ މުއާމަލާތެއް އަދި ރިޝްވަތޭ ވިދާޅުވާފަދަ ފުޅާ މާނައެއްގައި އެއްވެސްކަމެއް ކޮށްފައިނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ހަމަގައިމު އެއްވެސް މެމްބަރަކަށް އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް އަދި ރިޝްވަތޭ ތިވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ.

ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ އިތުރު މެންބަރުންނާއި އެމްޑީޕީއާއި ގުޅުމުގެ މަޝްވަރާ ކުރަމުން ގެންދާކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއާއި ވަކިވެގެން ދިޔަ މެންބަރުން އަލުން އެމްޑީޕީއަށް އައިސް، ކުރިން ތިއްބެވި މަގާމުތަކަށް އައުމުގެ ފުރުސަތުވެސް އެބައޮތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: