ސިޔާސީ ހިޔާލު ތަފާތު ވުމުން ކުރީގެ ސަރުކާރުން 1000 އަށްވުރެ ގިނަ މީހުން ރަށް ރަށަށް ފޮނުވާލި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ހދ. އަތޮޅަށް ކުރައްވާކެމްޕެއިން ދަތުރުގައި ކުމުންދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ސިޔަސީ ހަރަކާތްތައް ނިމިދިޔަ 5 އަހަރު ހިންގުމާކީ ބިރުވެރިކަމެއްކަމަށެވެ. ރިޔާސި އިންތިހާބަށް މާލެއިން ޖަލްސާއެއް ބާއްވަން އެމްޑީޕީއަށް ޖާގައެއް އޭޜުގެ ސަރުކާރުން ނުދިން ކަމަށް ވެސް ރައީސް ވދާޅުވިއެވެ.
ރައީސް ވިދަޅުވީ ސަރުރުގައި އޭރުމަސައްކަތް ކުރާ މުވައްޒަފުންގެ ސިޔާސި ހިޔާލުތަފާތުވުން ހުރުމުން ވަޒީފާއިން ވަކި ކުރި ކަމުގައެވެ. ސިޔާސީ އެތަށް ލީޑަރުންނެއް ހުންނެވީ އޭރު ޖަލުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ޓުވީޓެއް ކޮށްލުމުން މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނިމިގެންމިދާ ދައުރުގައި އެއްވެސް އައު ކަމެއް ފަށާފައި ނުވާނެ ކަމަށެވެ. ފުއްދަމުން ދާ ވައުދުތަކަކީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ރައްޔިތުނަށް ވެވަޑައިގެންނެވި ވައުދުތަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެވަޑައިގަތް ވާއުދު ތަކުގެ 90 ޕަސެންޓު ނިމިފައި ނުވަތަ ނިންމާ ހިސާބުގައި ވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮށްދެއްވާފައިވާ އެއްވެސް ކަމަކީ ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ކޮށްދީފައިވާ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާ ގެ ނިޒާމް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމާއި، ބޮޑުތިލަދުންމަތި އާރްޓީއެލް އިން ގުޅާލުމާއި އެކު އެއްރަށުން ނުލިބޭ ހިދުމަތް އަނެއް ރަށުން ހޯދުމަށް ރައްޔިތުން ކުރާ ހަރަދުގެ 80 ޕަސެންޓު ރައްކާކުރެވުމާއި، މިނިމަމް ވޭޖު ކަނޑައެޅުމާއި، ސާވިސް ޗާޖު ގާނޫނަކުން ކަނޑައެޅުމާއި، މާލެއިން ގޯތި ދޫކުރުމާއި، އެސްއެމްއީ ލޯނު ކުދި ވިަފާރިވެރިންނަށް ލިބޭނެ ގޮތް ހައްދަވާދެއްވުމާއި އަދި މީޑިއާއަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމަކީ އެމަނިކުފާނުގެ ސަރުކާރުން ކޮށްދެއްވާފައިވާ ގިނަ ކަންކަން ކަމުގައި ފާހަގަ ކުރެއްވިއެވެ.
ކުމުންދޫ ގެ ތަރައްގީއަށްޓަކައި ރާވައިފައިވާ ބައެއްކަންކަމުގެ ތެރޭގައި އެރަށުގައި ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ގެނެއުމަށްޓަކައި ރަށުގެ ނެރުގެ ފައިކަށި ރަނގަޅުކޮށް ނުވަތަ އާބަނދަރެއް ގާއިމްކުރުމާއި، އެރަށުގެ ގިރާ ސަރައްދު ހިމާޔަތް ކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ނިމުމާއެކު ކުމުންދޫގެ މަގުތަކުގައި ތާރުއެޅުމާއި، ސްކޫލުގެ ވަށާފާރު ރޭނުމާއި، މަލްޓީޕާޕަސް ހޯލު އެޅުމާއި އަދި ކުނި އެންދުމަށް ޒަމާނީ ފެންވަރުގެ ވޭސްޓު މުނޭޖުމެންޓު ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

