އަރބަންކޯ އަދި އެމްއައިޓީ ގުޅިގެން ކުރިއަށް ގެންދެވުނު ވިލުނުވެރި ކަނބަލުންގެ ޕްރޮގްރާމް ނިމި ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ސެންޓްރަލް ޕާރކް ގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އާބަންކޯގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރ އިބްރާހިމް އިނާޒްއެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރި 150 ކަނބަލަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. އާބަންކޯއިން މައުލޫމާތު ދީފައިވާގޮތުން، މި ޕްރޮގްރާމަކީ އަންހެނުންނަށް ހާއްސަކޮށްގެން ބާރުވެރިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޓްރެއިނިންގް ޕްރޮގްރާމްއެކެވެ. އެ ކުންފުނިން ބުނެފައިވާގޮތުން މި ޕްރޮގްރާމްގައި އާންމު ދިރިއުޅުމުގައި ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނު ރައްކައުތެރިކަމާއިއެކު ބޭނުންކުރާނެ ގޮތުގެ އިތުރުން އެތަކެއްޗަށް ދިމާވާ ކުދި މައްސަލަތައް ދެނަގަނެ ހައްލުކުރާނެ ގޮތުގެ ތަމްރީނުވެސް ދީފައިވެއެވެ.
އާބަންކޯއިން ބުނެފައިވާގޮތުން، އެ ކުންފުނިންދަނީ މުޖުތަމައުގެ ފަރުދުންގެ ބާރުވެރިކުރުވައި ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް މިފަދަ ތަމްރީނު ޕްރޮގްރާމްތައް ރާވާފައިވާނެކަމަށް ބުނެފައިވެއެވެ.

