ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްލަ 285،219 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާނެ: އީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް 285،219 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސްއާ ހަވާލުކޮށްގެން ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށެވެ.

އެގޮތުން ޖުމްލަ 285،219 ވޯޓު ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 282،395 މީހަކަށެވެ.

އިންތިޚާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށް ވެސް އީސީން ވަނީ ކަނޑައަޅައިފައެވެ. އަދި އެ ނޫން ނަމަ ވޯޓު ބާތިލްވާނެ ކަމަށް ވެސް އެެ ކޮމިޝަނުން ވިދާޅުވިއެވެ.

އިންތިޚާބުގައި ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތްތެރިވާން ބޭނުންވާ ވަރަށް އޮފިޝަލުން ލިބިފައިވާ ކަމަށް އީސީން ވިދާޅުވިއެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ އަދަދެއްގެ ކެނޑިޑޭޓުން ވާދަ ކުރާ އިންތިޚާބު ވެސް މެއެވެ. އެގޮތުން ޖުމްލަ އަށް ކެނޑިޑޭޓުން އިންތިޚާބުގައި ވާދަ ކުރެއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ނުލިބިއްޖެ ނަމަ ދެވަނަ ބުރަކަށް ދާނެ އެވެ. އިންތިހާބުގެ ދެވަނަ ބުރު ބާއްވާނީ މި މަހުގެ ފަހުކޮޅު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: