ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީބިޔާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެއްޖެ!

ފެންބޮޑުވެފައިވާ މަންޒަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތޫފާނެއްގެ ސަބަބުން ލީބިޔާގައި ފެންބޮޑުވެ އެތައް ހާސް ބަޔަކު މަރުވެފައިވާކަމުގެ ބިރު ހީއްވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަަމުގެ ބިރު ހީވެފައިވަނީ އެ ގައުމަށް އައި ބާރުގަދަ ތޫފާނެއްގެ ސަބަބުން އިންތިހާަށް ގެއްލުންދެނެވި ގޮތަކަށް ފެންބޮޑުވުމުންނެވެ. ބައިނައްލަގުވާމީ ދުނިޔޭގައި ބަލައިގަނެފައިނުވާ އީސްޓު ލީބިޔާގައި އޮންނަ ސަރުކާރުން ބުނާގޮތުން މަރުވެފައިވާ މީހުން އަދަދު ދެ ހާހަށްވުރެ ގިނަވާނެއެވެ. އަދި ހާހަށްވުރެ ގިނަ މީހުން ގެއްލިފައިވާކަމަަށް އޭނާށްވެސް ބުނެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ލީބިޔާގެ ކަންކަމުގައި ހާއްސަ ސިޔާސީ ސައިންސްވެރިއެއް ބީބީސީއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވާގޮތުން، މި ހާދިސާ އާއި ގުޅިގެން މަރުވި މީހުން އަދަދުތައް އެތައް ހަހަކަށް އަރައިގެން ދިއުމުގެ ފުރުސަތު އެބަ އޮތެވެ. މީޑިއާތަކުން ބުނާގޮތުން، އެ ސަރަހައްދަށް ”ސްޓޯމް ޑެނިއަލް“ ގެ ނަމުން ނަން ދެވިފައިވާ ތޫފާނެއް އެރުމާއިއެކު ސަރުކާރުންވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.

ރިޕޯޓުތަކުގައިވާގޮތުން، މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރެެވެމުންދާއިރު، އެ ކަމުގެ ތެރެއން އެ ގައުމުގެ އަސްކަރީ މުއައްޒަފުންތަކެއް ގެއްލިފައިވެއެވެ. އަދި މިހާރު އެ ސަރަހައްދުގެ ކަމާއި ބެހޭ ފަރާތްތަކުންވަނީ ސުކޫލުތައް ބަންދުކޮށް ފިހާރަތައްވެސް ބަންދުކޮށްފައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: