ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ރައްޔިތެއްގެ ވޯޓު ވެސް މުހިންމު، ގޯސްތައް ދެނެގަނެވިއްޖެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ރައްޔިތެއްގެ ވޯޓްވެސް މުހިއްމުކަމަށާއި އެ ވޯޓް ހޯދުމަށް އަބަދުވެސް މަސައްކަތްކުރައްވާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތެރިންނާއެކު ބޭއްވި ހަރުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެވަނަ ބުރުގައި ބޭނުންވަނީ 50 އިންސައްތައިގެ އިތުރުން 1 ވޯޓްކަމުން ކޮންމެ ބޭފުޅެއް ވޯޓަކީވެސް މުހިއްމު ވޯޓެއްކަަމަށެވެ. ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު، އެންމެ މަދުބް ވޯޓްލާފައިވަނީ މި އިންތިޚާބުގެ ފުރަތަމަ ބުރުގަކަން ފާހަގަކުރެއްވިއެވެ. 80 ޕަސެންޓް މީހުން ވެސް ވޯޓުލާފައި ނުވާ ކަމަށާއި މިއީ މީގެކުރިން ރިޔާސީ އިންތިޚާބުތަކުގައި ވެފައި ހުރި ގޮތެއް ނޫން ކަމަށްވާއިރު މަސައްކަތް ކުރެވިއްޖެ ނަމަ ވޯޓުލާން މިއަށް ވުރެ ގިނަ މީހުން ނެރެވޭނެ ކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި އެމްޑީޕީއަށް ތާއީދުކުރާ އެތައް ބަޔަކަށް ވެސް ވޯޓު ނުލެވި އެބަހުރި ކަމަށާއި އެ ސަބަބުތައް ދެނެގަންނަޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

“އެ ސަބަބުތައް ދެނެގަނަންވީ އަޅުގަނޑުމެން. އެބޭފުޅުންނަށް ވޯޓުލާން ނުނިކުމެވުނީ ކީއްވެގެންތޯ. ދަތުރު ނުރޭވުނީތޯ އަޅުގަނޑުމެންނަށް ނޫނީއްޔާ ގަޑިއަށް އައުމަށް ފަރުވާކުޑަކުރެވުނީތޯ، މިގޮތަށް ބަލައިގެން ކުރިއަށް ވަޑައިގަންނަވަންވީ. އަޅުގަނޑަށް ޔަގީން ބާކީ މިއޮތް 17 ދުވަހުގެ ތެރޭގައި މީތި މުޅިން އަނބުރާލާފައި އިރާދަކުރެވިއްޔާ އަޅުގަނޑުމެންނަށް ބޮޑު ތަފާތަކުން މި އިންތިހާބު ކާމިޔާބު ކުރެވޭނެ،” ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ އަކީ ރޭވުންތެރިކަމާއެކު ކެމްޕޭން ކުރާ ޕާޓީއެއް ކަމަށާއި ފުރަތަމަ ބުރުގައި އަތުން ކައްސާލައިގެންދިޔަ ކަންކަން ބަދަލުކުރެވިއްޖެ ނަމަ ނަތީޖާ އަނބުރާލުމަކީ ދަތި ކަމަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ކެމްޕޭނުގެ ކަންކަން ފަސޭހަކުރުމަށްޓަކާ ބައެއް ކަންކަމަށް ބަދަލުތައް ގެނެސްފައިވާ ކަމަށާއި މަސައްކަތްތައް މިރެއިން ފެށިގެން ބާރަށް ކުރިއަށް ގެންދަން ރައީސް އެދިވަޑައިގެންނެވި އެވެ.

“ޓީމުތައް އެކުލަވާލާ އަޅުގަނޑަށް ފެންނަނީ ހަމަ މިރެއިން މިރެއަށް އަނެއްކާވެސް ބާރަށް މަސައްކަތް ފަށައިގަންނަން. ހަމަ ބާރަށް ކުރިއަށް ގެންދަންވީ،” ރައީސް ވިދާޅުވި އެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. މިއީ 39 އިންސައްތަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: