ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ބެހުމުގެ މައްސަލައެއް ބަލަން ކޮމާންޑު ނުލިބޭކަމަށް ފުލުހުން ބުނި: ޓޮމް

މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގު: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ މުއައްސަސާއަށް ބަޔަކު މީހުން ކުށަކަށް އަރައިގަންނަމުންދާކަމުގެ މައުލޫމާތުތައް ދިނުމުން އެކަން ހުއްޓުވުމަށް ކޮމާންޑެއް އައިސްފައިނުވާތީ ކުރެވެން ނެތްކަމަށް ބުނިކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ތާއީދު ހޯދުމުގެ ގޮތުން މަހިބަދޫގައި ކުރިއަށް ގެންދި ޖަލްސާއެއްގައި ތާރިގުވަނީ ލޯންޗެއްގައި ރަހީނުކުރިކަމަށް ބުނާ މައްސަލައަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، އެ ހާދިސާ ހިނގި އިރު ބަނދަރުމަތީގައި ރަށުގެ ރައްޔިތުންނާއި ގިނަ އަދަދެއްގެ ފުލުހުންވެސް ތިބިކަމަށެވެ. ތާރިގު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ވޯޓު ގަތުމަށް ރިޝްވަތު ދިނުމުގެ ގޮތުން ހަރަކާތްތެރިވި ލޯންޗެއް އައިސް ބަނދަރާތް ގާތްކުރުމުން ފުލުހުން އެ ތުހުމަތުތަކުގެ މައްސަލަ ނުބެލިކަމަަށެވެ.

އޭނާ ވިދާޅުވީ، އެ ލޯންޗުގައި ވޯޓު ކަރުދާސްތަކެއް ހިފައިން ދަތުރުކުރަމުންދާކަމަށްވެސް ތުހުމަތުކުރިކަމަށާއި އެހެންނަމަވެސް އެކަމުގެ ހަގީގަތް ދެނެގަތުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ވިދާޅުވިއެވެ. ތާރިގު ވިދާޅުވީ، ކައުންސިލަރު އަދި އޭނާޥެސް އެ ރަށުގެ ފުލުހުންގެ އިންޗާޖާއި އެ މައްސަލަ ހިއްސާކޮށްފައިވާނެކަމަށާއި އަދާކުރައްވަން ޖެހޭ ޒިންމާތައްވެސް ހަނދާންކޮށްދެއްވިކަމަށް އޭނާ ވިދާޅުވިއެވެ.

ތާރިގު ވިދާޅުވީ، އެ މައްސަލައިގައި ފުލުހުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ މަސްލަހަތު ގެއްލިގެންދާނެކަމަށް ވިދާޅުވިކަމަށާއި ފުލުހުން އެ ކަން ބަލާނެކަމަށް އުންމީދުކުރެއްވިކަމަށެވެ. އަދި އެތަނުގައި މަޑުކޮށްގެން ހުއްޓާ ރަހީނު ކުރުމުގެ ހާދިސާ ހިނގައިދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

ތާރިގު ވިދާޅުވީ، އެއަށްފަހު އަނބުރާ މަހިބަދޫ އަށް އައިސް އެ މައްސަލައިގައި ފުލުހުންނާއި ވާހަކަދެއްކެވިކަމަށެވެ. އަދި ކަން ދިމާވުމުން ހުއްޓުވާފައިނުވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފެއްދެވިކަމަށާއި ޖަވާބެއްގެ ގޮތުގައި، އެކަން ކުރުމަށް ކޮމާންޑު ލިބިފައިނުވާ ކަމަށް ބުނިކަމަށް ތާރިގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މާލެއިން ކޮމާންޑެއް ލިބިފައިނުވާކަމަށްވުމުން ކުރެވެމުންދިޔަ ބޮޑެތި ތުހުމަތުތަކުގެ މައްސަލައެއް ނުބެލުނުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: