ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެސީއަކީ އެންމެ ގިނައިން ވޯޓު ލިބޭ މީހަކު ވެރިކަން ކުރުން: ފުއާދު

އިލެކްޝަންސް ކޮމިޝަން އީސީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެސީއަކީ އިންތިހާބުކުރާ މީހަކު ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށްޓަކައި ކޮށްދިނުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ބަނައްލަގުވާމީ ޑިމޮކްރެސީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވާދު ވަނީ ހާއްސަ މެސެޖެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށްޓަކައި ކޮށްދިނުމަކީ ޑިމޮކްރެސީކަމަށާއި އެ އުސޫލުގެ ދަށުން އެކަން ކުރާނީ ރައްޔިތުން ހޮވާ މީހަކު ނުވަތަ ބަޔަކުކަމަށެވެ.

Lpފުއާދު ވިދާޅުވީ، ރާއްޖެއަށްވެސް ވަނީ އެންމެ ތަހުޒީބު ގައުމުތަކުގައިވެސް އޮންނަ ފަދަ ޑިމޮކްރެޓިކް ވެރިކަމެއް އައިސްފައިކަމަށާއި ރާއްޖެއަށް ޑިމޮކްރެސީގެ އަސާސްތައް އަށަގެންނެވުމުގެ ގޮތުން 1932 ވަނަ އަހަރުން ފެށިގެންވެސް މަސައްކަތްތައް ކުރެވެމުން އައިސްފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެގޮތުގެމަތިން ކުރެވެމުން އައި މަސައްކަތްތަކުގެ ތެރެއިން 2008 ވަނަ އަހަރު ދިވެހި ރައްޔިތުންނަށް ޑިމޮކްރެސީގެ އަސާސްތައް އެކުލެވޭ ގާނޫނުއަސާސީއެއް ލިބުނުކަމަށެވެ. ފުއާދު ވިދާޅުވީ، ޑިމޮކްރެސީގެ އެންމެ ރީތި ގޮތަކީ ރައްޔިތުން ހޮވާ ބަޔަކު ވެރިކަން ކުރުންކަމަށާއި ވެރިކަން ކުރާނީ ވަކި ބަޔަކުގެ ބަދަލުގައި ހުރިހާ ރައްޔިތުންނަށް ފަހިވާ ގޮތަކަށްކަމަށް ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އަދިވެސް ރާއްޖޭގައި ޑިމޮކްރެސީގެ އުސޫލުތައް އަށަގެންނެވުމަށް މަސައްކަތްތައް ކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް ތަރައްގީއާއި މިނިވަންކަން ލިބިގެންދާނީ ޑިމޮކްރެސީ އާއިއެކުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: