ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ރައީސް ޔާމީންއާއި ބައްދަލުކުރުމަށް އެދިއްޖެ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމަަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ތާއިދުކުރައްވާތޯ ބެލުމަށް އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް މާފުއްޓަށް ދިއުމަށް ހުއްދައަށް އެދިފައިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ދޮން މަނިކު ރެސްޓޯރެންޓްގައި ކުރިއަށްދިޔަ ޑިމޮކްރެޓްސް ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް މި ދަނޑިވަޅުގައި އެންމެ ރަނގަޅީ ވެރިކަމުގެ ނިޒާމް ބޭއްވުމަށް ރަައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްކަމަށެވެ.  އެހެންކަމުން ވެރިކަމުގެ ނިޒާމަށް ބަދަލް ގެނައުމުގައި، މިކަމުގައި ރައީސް ޔާމީންގެ ހިޔާލު ހޯއްދެއްވުމަށް ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް މަޖިލީހުގެ އަމީން އާންމުގެ އަރިހުން މާދަމާ އެމަނިކުފާނު މާފުއްޓަށް ދިއުމަށް ބޭނުންވާކަމަށް ދަންނަވާފައިވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ 25 ވަނަ ދުވަހުގެ ކުރިން އެ ވޯޓް ނެގުމަށް ރައީސް ޔާމީންގެ ހިޔާލެއް ހޯދުމަށް ބޭނުންވާކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއަށްވެސް ބުނެލަން ބޭނުންވަނީ އެ ބޭފުޅުން ނިންމާ ގޮތެއް ބެލުމަށް މަޑުކޮށްގެން ތިބެވެން ނެތްކަމުގައި ވިދާޅުވިއެވެ.

“ މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު އަޅުގަނޑުމެން ނިންމަން އެބަޖެހޭ ޕީޕީއެމްއިން އެބުނާ ފަދައިން އެކަންކަމާއި ލައިގެން ނަމަވެސް ނުލާ ނަމަވެސް އަޅުގަނޑުމެން ގޮތެއް ނިންމަން އެބަޖެހޭ. އެ ނިންމާ ގޮތްތައް އަޅުގަންޑުމެންގެ ކައުންސިލްއިން އަޅުގަނޑަަށް ޔަޤީން ކަށަވަރު މަޝްވަރާކޮށްފައި އަބްގަމުން ގެންދާނެ. އެހެން ނަމަވެސް އަޅުގަނޑަަށް ފެންނަ ފެނުމުގައި އެމްޑީޕީއަށްވެސް އެބަ ވަގުތު ދޭން ޑެޑްލައިންއެއް އެބަ ކަނޑައަޅަންޖެހޭ. އަޅުގަނޑު ދެކޭ ގޮތުގައި ދެން ނެތް ގިނަ ވަގުތު ދެވޭކަަށް. އަޅުގަނޑު އުންމީދު ކުރާނަން ކައުންސިލްއިން މަޝްވަރާކުރާނެ ވާހަކަ ދަންނަވަން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

މިވަގުތު މިތިބީ ހަތަރު އަނގޮޅި ކަންމައްޗެއްގައިކަމަށާއި، އަބަދުވެސް ހަނދާން ކުރަންވީ ގައުމެއްގެ ހަޔާތުގައި ދަނޑިވަޅުތަކެއް ހިނދުކޮޅުތަކެއް އަންނާނެކަމަށް ވިދާޅުވިއެވެ. ގައުމު އެއްހާލަތުން އަނެއް ހާލަތަށް ބަދަލުވާން ދަނޑުވަޅުތަކެއް އަންނާނެކަމުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން މި ބަލައިގެންފައިވާ ޤާނޫން އަސާސީއާއި އެއްގޮތައް ވޯޓް ލަމުން މިގެންދަނީ އެހެން ނަމަވެސް ސަރުކާރުތައް އުފައްދަމުން މި އަންނަނީ ޤާނޫން އަސާސީއާއި އއްގޮތައް ނޫންކަމަށް ވޮދާޅޫވިއެވެ. ކޯލިޝަން ހަދައިގްނެ ސަރުކާރުތައް އުފެއްދުމަށް މަޖުބޫރުވާއިރު މިއީ ޤާނޫން އަސާސީއާއި ބީރައްޓެހި ކަމެއްކަން އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރއްވިއެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް އިއްތިހާދުވެ ސަރުކާރު އެކުލަވާލަމުން އަންނަ ކަމަށް ވިދާޅުވުއެވެ. ނަމަވެސް އިއްތިހާދު ރޫޅުމުން ހިނގާ ކަންތައްތަކާއި އެއާއި އެއްގޮތައް އަމަލް ނުކުރެވުމުން ވާނެ ގޮތެއްވެސް އެއްވެސް ތަނެއްގައި ބަޔާންވެފައި ނެތްކަމަށް ވިދާޅުވިއެވެ.

”ޕީޕީއެމް އިން ޑިމޮކްރެޓުން ގާތުގައި ބުނެފައި އޮތީ އަޅުގަނޑުމެން ދައްކާ ވާހަކަތަކާ އެބޭފުޅުން އެއްބަހޭ، އެހެން ނަމަވެސް އެއްޗެއްގައި ސޮއިކުރުމާއި ބެހޭ ގޮތުން އެބޭފުޅުން އިއުތިރާޒް ކުރި. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ މެމްބަރުން ހުރިހާ ބޭފުލޫންވެސް ބޭނުންވެލައްވާނެ ކޮބައިތޯ ވެފައި އޮތް އެއްބަސްވުމަކީ އިނގެން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުންނާއި އެ ޕާޓީއިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްވެސް ވަނީ ސެޕްޓަމެންބަރު 30 ވަނަ ދުވަގު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓް ލުމުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މިއީ އެންމެ މުނާސަބު ވަގުތުކަމުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: