ވިނަރެސް ފްލެޓަށް ޑައުންޕޭމަންޓްގެ 15 އިންސައްތަ ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.
ޑައުންޕޭމަންޓްގެ 15 އިންސައްތަ ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވުމާއި އަދި ތިން މަސްދުވަސްތެރޭގައި ޑައުންޕޭމެންޓްގެ އަދަދު އެއްކޮށް ދައްކައި ނިމުމުން ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރެވިގެންދާނެ ކަމަށް އާބަންކޯއިން ބުނެފައިވެއެވެ. އެއާއިއެކު ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އެސޫލްތަކަށް އަމަލު ކުރެވިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭގޮތަށް ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭމަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ. ވިނަރެސް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް އެކަންޏެވެ.
ވިނަރެސް އެޕާރްޓްމެންޓްތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަރބަންކޯ އިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މައްސަލައެއްކުރިމަތިނުވެ ވަރަށް ފުރިހަމަކަމާއިއެކު ކުރިއަށް ގެންދެވުނު މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ހަމަ މިއާއެކު 10 ޓަވަރުގެ ވިނަރެސް މަޝަރޫއަކީ އަރބަންކޯއިން ފުރަތަމަ ފަހަރަށް މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިންގާ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއުގެ ތެރެއިން ހިޔާ ފްލެޓްތަކުން ފްލެޓް ދޫކޮށްލި މީހުންނާއި، ސީލައިފް އަދި ގުޅީފަޅު މަޝްރޫއިން ތަންތަން ލިބުނު މީހުންނަށް އެޕާޓްމެންޓްތައް ވަނީ ދޫކޮށްފައެވެ.

