ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމީ ވޯޓާ ގުޅޭ ގޮތުން މާދަމާ ބަހުސް ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޒާމީ ވޯޓާ ގުޅޭ ގޮތުން މާދަމާ މަޖުލީހުގައި ބަހުސް ކުރާނެ ކަމަށް މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓާ ގުޅޭ ގޮތުން މާދަމާ މަޖުލީހުގައި ބަހުސް ކުރާނެ ކަމަށާއި، އެއީ 13 ސެޕްޓެމްބަރުގައި ހުށައަޅާފައިވާ ގަރާރެއް ކަމަށެވެ. މިހާރު ވަނީ އެ ގަރާގު ބުހުސްކުރަން ނިންމާ މާދަމާ އަށް ތާވަލު ކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ނިޒާމީ ވޯޓާއި ގުޅޭގޮތުން އެމްޑީޕީގެ މެޖޯރިޓީ ލީޑަރާއި، މަޝްވަރާ ކޮށްފައިވާ ކަމަށާއި، އެކަމަށް އެބޭފުޅާވެސް ވަނީ އެއްބަސްވެފައި ކަމަށްވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.

“މެޖޯރިޓީ ލީޑަރު ވަނީ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން  މަސައްކަތް އަވަސް ކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ. އެހެންވީމަ އަޅުގަނޑުމެންނަށް އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ،” ނަޝީދު ވިދާޅުވިއެވެ.

ނިޒާމް ބަދަލު ކުރުމުގެ ވޯޓެއް ނަގާފައިވަނީ 2007 ވަނަ އަހަރުގައެވެ. އެ އިންތިހާބުގައި ރައްޔިތުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމަކަށެވެ.

2018 އިންތިހާބަށްފަހު ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިޙާ ދެމެދު މައްސަލަ އުފެދެން ދިމާވި މައިގަނޑު ސަބަބެއް ކަމަށްވެސް ފާހަގަވެފައިވަނީ ނިޒާމު ބަދަލުކުރުމުގެ މައްސަލައެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގައި އެކަން ކޮށްފައިވނުވާތީ އެކަމާއި ގުޅިގެން އުފެދުނު ހިންހަމަ ނުޖެހުނުގެ ސަބަބުން އެމްޑީޕީއާއި ވަކިވެ ރައިސް ނަޝީދުވަނީ ޑިމޮކްރޭޓްސް ނަމުގައި ޕާޓީއެއް އުފައްދާފައެވެ.

މީގެއިތުރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ޑިމޮކްރޭޓްސް ޕާޓީން ނެރުނު ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ ހަތް އިންސައްތަ ވޯޓެވެ. އެގޮތުން ފުރަތަމަ ބުރުގައި އެޕާޓީން ދަތުރު ކޮށްފައިވަނީ ތިންވަނަ އަށެވެ. ތިންވަނަ އަށް އޮތް، ޕާޓީގެ ހައިސިއްޔަތުން އެޕާޓީދަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ނަމަވެސް ޑިމޮކްރޭޓްސް ޕާޓީން އެދެނީ ކޯލިޝަން ހަދާނީ ނިޒާމް ބަދަލު ކުރުމަށް އެއްބަސްވާ ފަރާތަކާއި އެކުގައި ކަމަށެވެ. ޑިމޮކްރޭޓްސް ޕާޓީގެ ފަރާތުން ރައީސް ނަޝީދު ވަނީ ނިޒާމީ ވޯޓަކަށް ދިއުމަށް ޕީޕީއެމް އާއި އެކުވެސް މަޝްވަރާ ކޮށްފައެވެ. ނަމަވެސް އެކަަމަށް އެ ޕާޓީން އެއްބަސްވެފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: