ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމީ ވޯޓު ނެގުމަށް ހުށައެޅި ގަރާރު މަޖިލީހުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލާބީން ހުށައެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާއި ގުޅޭ ގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހޫށައަޅުއްވާފައިވާ ގަރާރު މަޖިލީހުން ބަލައިގަތުމާއި ގުޅިގަތުމަށް ނެގުނު ވޯޓުގެ ނަތީޖާ:

މަޖިލީހުގެ ޖުމްލަ އަދަދަކީ 87.

ހާޒިރުވެވަޑައިގެން ތިއްބެވީ 37 މެންބަރުން.

ފެންނަކަމަށް ވޯޓުދެއްވީ 35 މެންބަރުން.

މި ގަރާރު މަޖިލީޙުން ބަލައި ގަތުމަށް ބޭނުންވަނީ 18 މެންބަރުންގެ ވޯޓުކަމުން މި ގަރާރު މިހާރު މިވަނީ މުޅީ މަޖިލީހުގެ ކޮމެޓީއަށް ފޮނުވާފައެވެ.

މަޖިލީހުގެ މައިނޮރިޓީ ލީޑަރ، ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރ އަލީ އާޒިމް ވަނީ އިލްޔާސް ލަބީބްގެ ގަރާރު މުޅި މަޖިލީސް ކޮމިޓީއަށް ގެންގޮސް ބަހުސްކުރުމަށް ހުށައަޅާފައެވެ. މި ހުށައެޅުމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ތާއިދު ކުރެއްވުމުން މި ހުށައެޅުމާއި ގުޅޭ ގޮތުން މަޖިލީހުގައި ނެގި ވޯޓުގައި މުޅި މަޖިލީހުގެ ކޮމިޓިއަށް މި ގަރާރު ގެންގޮސް ދިރާސާ ކުރުމަށް ވަނީ ފާސްވެފައެވެ. މި ހުށައެޅުމަށް ވޯޓުގައި ބައިވެރިވި 34 މެންބަރުން ވަނީ ތާއީދު ކުރައްވާފައެވެ.

ގަރާރުގެ މަސައްކަތް މާދަމާ ކުރިއަސް ގެންދިއުމަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: