ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީސް ބާޓާ ސިސްޓަމްއަށް ހިނގާ ބޮޑު ބާޒާރަކަަށް ހައްދަވައިފި: އީވާ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަކީ ވިޔަފާރި އުސޫލުން ފައިސާ ދީގެން މެންބަރުން ގަންނަ ބޮޑު ބާޒާރަކަށް ސަރުކާރުން ހައްދަވައިފިކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސިފަ ކުރައްވައިފިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމާއި ގުޅޭ ގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށައަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ދެވަނަ ދައުރެއް އެކަކައް ދިނުމަކީ ދިވެހިން ރައްޔިތުން ބޭނުންވާ ގޮތެއް ނޫންކަން ގާނޫނު އަސާސީ އިސްލާހުކުރުމަށް ފަހު ސާފުކަމަށެވެ. އީވާ ވިދާޅުވީ ރިޔާސީ ނިޒާމެގައި ހުރި ކަންބޮޑުވުންތައް މި ފަސް އަހަރު ވަރަށް ރަނގަޅަށް ތަމްސީލު ކޮށްދެއްވައިފިކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މުޅި ދައުލަތާއި ރައްޔިތުންގެ މަޖިލީސްވެސް ހިސޯރު ކުރައްވައިފިކަމަށާއި، އަދި އެހެން ހުރިހާ މުއައްސަސާތަކެއްވެސް ރައީސް ސާލިހު އަންނަނީ ކޮންޓްރޯލް ކުރަމުންކަމަށް އީވާ ވިދާޅުވިއެވެ. އެކަން ސާބިތުވަނީ ސަރުކާރާއި ގުޅުން ހުރި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނުބެލޭތީކަމަށް ވިދާޅުވިއެވެ. އެގޮތުން ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް އަދި ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ މެންބަރެއްގެ ހިއްސާ އޮންނަ މައްސަލައެއް ނަމަވެސް ނުބަލާކަމަށް ފާހަގަކުރެއްވިއެވެ.

މުޅި މީޑިއާވެސް މި ސަރުކާރުން ހިސޯރު ކޮށްފައިވާއިރު، ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަންސް އޮބްޒާވަރސް ގުރޫޕުންނާއި، އަދި ޓްރާސްޕޭރެންސީ މޯލްޑިވްސް އިން އިންތިހާބުގެ އޮބަޒަރވޭޝަންއަށްފަހު ނެރެފައިވާ ރިޕޯޓުތަކުން އެކަން ފެންނަކަމަށް އިވާ ވިދާޅުވިއެވެ.

ދައުލަތުގެ ހުރިހާ ވަސީލަތެއް ނަހަމަ ގޮތުގައި ބޭނުންކުރާކަން، ހަމަ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އަދި ޔޫރަޕިއަން ޔޫނިއަންގެ އޮބްޒާވަރ ގުރޫޕުގެ، އިލެކްޝަންސް އޮބްޒަރވަރ ގުރޫޕުގެ ރިޕޯޓުގައި އާއި އަދި އެހެނިހެން އޮބްޒާވްކުރާ ގުރޫޕުތަކުން އެދަނީ ތަކުރާރުކުރަމުން.

އިވާ ވިދާޅުވިއެވެ.

މި ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާކަންވެސް ސާފުކޮށް އެނގެން އޮތްއިރު، ސަރުކާރާއި ރައީސް ސާލިހާއި އެކުވެގެން ރާއްޖޭގެ ކަންޑުގެ ސަރަައްދެއް ވަނީ ސިރިއްޔާތުގައި ވިއްކާލާފައިކަމަށް އީވާ ވިދާޅުވިއެވެ. އަދި ވެންޓިލޭޓަރގެ ހިޔާނާތް ފާހަގަކުރެއްވިއެވެ. ސަރުކާރުން މީގެން އެއްވެސް ކަމަކަށް ޖަވާބުދާރީ ނުވާތީ އީވާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އީވާ ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ނަމަ ޖަވާބުދާރީވުން ނޫން ގޮތެއް ނޯންނާނެކަމަށެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ތަހުޒީބީ ގައުމުތައް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަމުން ގެންދިޔަ ސަބަބު ދިރާސާކޮށްލުން މުހިންމުކަމަށް އީވާ ވިދާޅުވިއެވެ.

ވިޔަފާރިވެރިން އައިސް މަޖިލީސް ގަންނަ ވާހަކައަކީ ބަރުލަމާނީ ނިޒާމާއި ދެކޮޅަށް ހަމައެކަނި ދައްކާ ވާހަކަކަމަށާއި، ނަމަވެސް މި ސަރުކާރުގައި އެކަން ކުރީ ވިޔަފާރިވެރިން ނޫންކަމަށާއި، ސަރުކާރުގައި ތިބި “ބްރޯ” އިންކަމަށް އީވާ ވިދާޅުވިއެވެ.

ސީދާ ސަރުކާރުގެ ކެބިނެޓުން ނިކުމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަނެލައިގެން ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ސަނާ ކިޔާ ތަނަކަށް ހަދައިގެން އެ ނިންމާލީ. އެހެންވީމަ ކޮންމެހެން ވިޔަފާރިވެރިންގެ ބޮލުގައި އަޅުވާކައް އުޅޭނެކަމެއް ނެތް.

އިވާ ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ތަކުރާރުކޮށް އީވާ ވަނީ ފާހަގަކުރައްވާފައެވެ. ރައްޔިތުންނަށް ގޮތް ނިންމުމުގެ ފުރުސަތުދެއްވުމަށް އީވާ އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: