ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި އުޅޭތާ 20 އަހަރުވެފެފައިވާ މީހުންނަށް ގޯތި ލިބޭގޮތް ހަދާނަން: ރައީސް

ރައިސް ފޮޓޯ/އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އުޅޭތާ 20 އަހަރުވެފެފައިވާ މީހުންނަށް ގޯތި ލިބޭގޮތް ހަދާދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައިސް ސޯލިހު މިހެން ވިދާޅުވެފައިވަނީ ރިޔާސި އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން ރޭ ގަލޮޅުގައިބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅުއްވާތާ ގިނަ ދުވަސްވެފައިވާ ފަރާތަކަށްވެސް ގޯތި ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށާއި، އެގޮތުން 20 އަހަރު މާލޭގައި އުޅޭތާ ވެފައިވާ މީހުންނަށްވެސް އެ ފުރުސަތު ލިބޭނެ ގޮތް ހައްދަވާ ދެެއްވާނެ ކަމަށެވެ.

”މާލޭގެ ރައްޔިތުން ފިޔަވާ މާލޭގައި ދިރިއުޅޭ އެތައް ބައިވަރުމީހުން އެބަތިބި. 20 އަހަރު 30 އަހަރުވެފައިވާ މީހުން. އޭގެތެރޭން  އަޅުގަނޑަށްވެސް 50 އަހަރުވެދާނެ މާލޭގައި ހުންނަތާ.“ ރައީސް ވިދާޅުވިއެވެ.

އެގޮތަށް އެތައް ބަޔަކު އެބަތިބިކަމަށާއި، ނަމަވެސް އެފަދަ މީހުންނަށް އަމިއްލަ ރަށުންވެސް ގޯތި ނުލިބޭ ކަމަށެވެ.

ވަކިވަރަކަށްވުރެ ދިގު މުއްދަތެއްގާ ރަށުގައި ނުޅޭތީ ގޯތި ނުލިބެނީ ކަމަށެވެ. ކަން މިހެން އޮތުން އެފަދަ ފަރާރތްތަކަށް މާލެއަކުންވެސް ގޯތި ނުލިބޭ ކަމަށާއި، އަދި އަމިއްލަ ރަށުންވެސް ނުލިބޭ ކަމަށެވެ. ނަމަވެސް އެމަނުކުފާނުގެ ވެރިކަމެއްގާ އެކަން ހައްލު ކުރައްވާނެ ކަމަށެވެ. މިހާރުވެސް މާލޭގެ ރައްޔިތުންގެ ހުރި ބޯޔާވަހި ކަމުގެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގޯތިތައް ކަށަވަރު ކުރެވިއްޖެ ކަމަށާއި، އަދި ފްލެޓަށް ހުޅުވާލުމުން ކުރިމަތިލީ މިހުން ނަށްވެސް ފްލެޓްވެސް ދެއްވާފައި ވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ހާރު ދެވިފައިވާ ގޯތިތައް ހެދުމައްޓަކާއި، ހައުސިން ބޭންކެއް އުފައްދާ ލުއި ލޯނުތައް ލިބޭނެ ގޮތްވެސް ހަމަޖައްސަވާދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: