ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒާތީ ކަން ދުކޮށްލައްވާ އެމްޑީޕީއާއި، ރައީސް ނަޝިދު ގުޅެންޖެހޭ: ފުރަހަނި ޝުއައިބު

ޝުއައިބު އަލީ އަދި ރައީސްނަޝީދު ފޮޓީޯ އެކްސް ޝުއައިބްއަލީ /
ޝެއާރކޮށްލާ ކަހަލަދޯ؟

ޒާތީ ކަން ދުކޮށްލައްވާ އެމްޑީޕީ އާއި އެނބުރި ރައީސް ނަޝިދު ގުޅެންޖެހޭ ކަމަށް ރައީސް ނަޝިދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްޓްރީގެ މަގާމު ފުރުއްވި ޝުއައިބް އަލީ، ފުރަހަނި ޝުއައިބު ރައީސް ނަޝީދު ކިބައިން އެދިއްޖެެއެވެ.

ޝުއައިބު މިއަދު ކުރެއްވި އެކްސްގައި ބުނެފައިވަނީ ޒާތީ ތަޢައްސަބުން އެކަހެރިވާން ޖެހޭ ކަމަށާއި، އެހެންކަމުން އެންމެ މޮޅު ގޮތަކީ ރައިސް ސޯލިހާއި އެކު ކުރިއަަށް ދިޔުން ކަމަށެވެ. އަދި އަނިޔާވެރިންނާ ދެކޮޅަށް ގައުމީ މަސްލަޙަތު އިސްކުރުމަށް ރައީސް ނަޝީދަށާ ޑިމޮކްރެޓްސްގެ މެންބަރުންގެ ކިބައިން އާދޭހާއެކު ދަންނަވާ އިލްތިމާސް ކުރާ ކަމަށެވެ.

އަދި މީގެ އިތުރުން ޝުއައިބުވަނީ އޭނާ ރައީސް ނަޝީދާއި އެކު މަސައްކަތް ކުރެއްވި އިރު ހަނދާން ތައްވެސް އާ ކޮށްފއެވެ.

”ދެމީހުން އެމްޑީޕީގައި ތިބިއިރު، މަނިކުފާނު ގެންގުޅުއްވާ އުޞޫލުތަކާ ސިޔާސަތުތަކާ ދެބަސްވެ، މަނިކުފާނަށް އެންމެ ބޮޑަށް ފާޑުކީ އެކަކީ އަޅުގަނޑު. އެ ފާޑުކިޔުންތަކުގެ ސަބަބުން މަނިކުފާނާ ސަޕޯޓަރުންގެ ހިތްތަކުގައި އަޅުގަނޑާ މެދު ނުތަނަވަސް ކަމެއް އޮތްނަމަ، އެކަމަށްޓަކާ ތިޔަ އެންމެހާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެެން.“ ޝުއައިބު އެކްސްގައި ލިއުއްވާފައި ވެއެވެ.

 

މީގެ އިތުރުން ޝުއައިބު ވިދާޅުވީ މީގެ 20 އަހަރު ކުރީން އެތައްހާސް ރައްޔިތުން ހިތްވަރާއެކު ކެރިގެން ނިކުމެ، ވެރިކަމުގެ ތެރެއިން ރައްޔިތުންނަށް އޮތް އަނިޔާވެރިކަން ނައްތާލާ އިސްލާޙު ކުރެއްވި ކަމަށެވެ. އޭރު ތިލަފަތް ދައްކައިގެން އެމްޑީޕިން  ފެށި ބުރަ މަސައްކަތަކީ ހަމައެކަނި ބަރުލަމާނީ ނިޒާމު ގެނައުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ކަން މިހެން އޮތް އިރު ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓު ރިޔާސީ އިންތިހާބު ގެ ކުރިން ނެގުމުގެ ފުރުސަތު އެމަނިކުފާނަށާއި، ޑިމޮކްރެޓްސްއަށް މިވަގުތު ފަހިވެގެން ނުދިއުމަކީ، އަނިޔާވެރިކަމާ އަޅުވެތި ކަމަށް މަނިކުފާނު އެނބުރި ރުޖޫޢަވާން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ވޭތުވެ ދިޔަ 20 އަހަރު އަނިޔާވެެރިންގެ ކުރިމަތީ އިސްނުޖަހާ އެމީހުންނާ ދެކޮޅަށް ނުކުތް މީހެއްގެ ހައިސިއްޔަތުން ދެވަނަ ބުރުގައި އަނިޔާވެރިކަމާއި ދެކޮޅަށް ނުކުމެ ރައިސް ސޯލިހާއި ގުޅުމަށްވެސް ޝުއައިބު ވަނީ އެދިލައްވާފައެވެ.

ޝުއައިބު އަކީ އެމްޑީޕީ ފެށުނުއިރު އެމްޑީޕީ އަށް ނުހަނު ގިނަމަސައްކަތް ކުރެއްވި އަދި ރައީސް ނަޝީދުގެ ވަރަށް އަރިސް ފަރާތެވެ. ނަމަވެސް ޕާޓީ ތެރޭގައި އުފެދުނު މަސަލަތަކާހެދި އޭނާ ވަނީ މާގާމު ދޫކުރައްވާ އެމްޑީޕީން ދުރައްޖެހިފައެވެ.

ޝިއައިބު މިހާރު ހުންނަވަނީ މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް ޕާޓީ އެމްޑީއޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: