ދޮންބިލަތް އަންހެނުންނަކީ ޑިމޮކްރޭޓްސްގެ 99 އިންސައްތަތޯ ވިދާޅުވެ ދަ ޑިމޮކްރޭޓްސް ޕާޓީން ސުވާލު އުފައްދައިފިއެވެ.
އެޕާޓިން މިހެން ބުނެފައިވަނީ ރޭ ގަލޮޅުގައި އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ދެއްކެވި ވާހަކަ އަކާއި ގުޅިގެންނެވެ. ހަލީމް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީ ދޫކުރެއްވުމަމަށްފަހު ޑިމޮކްރޭޓުންނާއި ގުޅިގެން އޭނާގެ އަނަހެނުންވެސް ދިޔަ ކަމަށާއި، ނަމަވެސް މިހާރު އެނބުރި އައިސްފައިވާ ކަމަށެވެ.
”މިއަދު މި ތަނުގައި އަޅުގަނޑުގެ އަންހެނުން ވެސް އެ ހުރީ އައިސް. އެއީ ކުރިން ޑިމޮކްރެޓްސްގެ ބޭފުޅެއް. ރަށްރަށުގައި ތިބި ޑިމޮކްރެޓްސްގެ މީހުންނާ އަޅުގަނޑާ ވެސް އެބަ ދިމާވޭ. މަޑުމަޑުން އެބަ ބަދަލުވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އަންނަ ހަފްތާ %99 ޑިމޮކްރެޓްސްގެ ބޭފުޅުން އަޅުގަނޑުމެންނާ އެކު އަންނާނެ.“ ހަލިމް ވިދާޅުވިއެވެ.
މަޑުމަޑުން ޑިމޮކްރޭޓުން އަންނަމުން އަންނަމުން ގޮސް އަންނަ ހަފްތާގައި އެ ޕަސެންޓް ހަމަވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. ޑިމޮރޭޓްސް ޕާޓީ ފުރަތަމަ އުފެއްދާ އިލެކްޝަނަށް ފޯމް ހުށައެޅުއްވި އިރު ޕާޓީން ޖުމްލަ ހުށައަޅާފައިވަނީ 3،560 ފޯމެވެ. ނަމަވެސް ޕާޓީ އުފެއްދުމަށް މަސައްކަތް ކުރެއްވި ބައެއް މެމްބަރު ވަކިވެފައިވާއިރު، ބައެއް އާންމު މެމްބަރުންވެސް ޕާޓީން ވަކިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

