ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު ދުނިޔޭގެ ރައީސްކަން ކުރަން ވެސް މޮޅުވާނެ: މަހުލޫފް

ޔޫތު މިނިސްޓަރު މަހުލޫފު ފޮޓޯ/އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ރަނގަޅުވާނީ ދުނިޔޭގެ ރައިސްކަމަށް ކުރިމަތިލާން ކަމަށް ޒުވާނުންގެ މިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ގުޅުވާ ގަލޮޅު ކަންމަތީ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް އަށް ތައުރީފް ކުރައްވާ މަހުލޫފު ފާހަގަ ކުރެއްވީ 500 އަހަރުވާއިރު ވެސް ރައީސް ސޯލިހަށް ވުރެ ރަނގަޅު ރައީސެއް ނުލިބޭކަމަށެވެ. އަދި އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުން އެކަނިވެސް ރައީސް ދެއްވި އުއްމީދު އާލާވެއްޖެ ކަމަށެވެ. އެހެންކަމުން އެވަރުގެ ރައީސެއް ނުލިބޭނެ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

”ޖަލްސާގަ ދެއްކެވި ވާހަކަފުޅުން އަޅުގަނޑުމެން ބޭނުންވަނީ މި ރާއްޖޭގެ ރައީސަކަށް ގެންނާކަށް ނޫން ދުނިޔޭގެ ރައީސަކަށް ގެންނަން.“ މަހުލޫފް

މަހުލޫފް ވިދާޅުވީ މިނިވަންކަމާއި އެކު ދީނީ އިލްމު އުނގެނުމުގެ ފުރުސަތު ވެސް ރައްޔިތުންނަށް ހޯއްދައިދެއްވީ ރައީސް ސޯލިހު ކަމަށެވެ. އަދި އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވި އެމްޑީއެންގެ މައްސަލަވެސް ހައްލުކޮށްދެއްވި ރައީސް އަކީވެސް ސޯލިހު ކަމަށެވެ.

އިންތިހާބާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މަހުލޫފް ވިދާޅުވީ އެމީހުން އަދި އިންތިހާބުން ބަލިނުވާ ކަަމަށާއި، އެމިހުންވެސް ތިބީ ގަދަކޮށް ކަމަށެވެ. މިއީ ތާރީހުން އެނގެން ހުރި ކަންތައްތައް ކަމަަށްވެސް މަހުލޫފް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް މަހުުލޫފުވަނީ އެމްޑީޕީ ތެރޭން ވަކިވެގޮސްފައިވާ ޑިމޮކްރޭޓް ޕާޓީ އާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މަހުލޫފް ވިދާޅުވީ ރަށްރަށަށް ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން އަޑުއިވެނީ ރައިސް ނަޝީދު އަމަލުތައް ބެހެއްޓެވި ގޮތާއި މެދު ހިންހަމަ ނުޖެހުން ހުރި ކަމުގެ ވާހަކަތަކެވެ.

ނަމަވެސް ރައީސް ނަޝިދު އެމްޑީޕީ އާއި އެއްކޮޅަށް ގޮތް ނިންމަވައިފިނަމަ އެމްޑީޕީ މީހުންގެ ހިތުގެ އުފެދޭ ލޮއެބަކަށް ނުވަތަ ނަފްރަތަކަަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: