ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމީ ވޯޓު: ހާލަތު ބަދަލުވި ނަމަވެސް ރައީސްގެ ސްޓޭންޑަކީ ރިޔާސީ ނިޒާމް!

ޑޯ ޓު ޑޯ ހަރަކާތަށްފަހު ރައީސް ނޫސްވެރިންނާއި ބައްދަލުކުރުން. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު ބާއްވާ ނިޒާމީ ވޯޓުގައި ތައީދު ކުރައްވަނީ ރިޔާސީ ނިޒާމަށްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނިޒާމީ ވޯޓެއް ނެގުުމުގެ ގަރާރު މަޖިލީހށް ހުށައެޅުއްވީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ހުށައެޅުއްވި މި ގަރާރުމަޖިލީހުން ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއިން ދިރާސާކޮށް ފާސްކޮށްފައިވާއިރު، އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް ހުށައެޅުއްވި ޝަރުތުތަކުގެ ތެރޭގައި ނިޒާމީ ވޯޓެްނެގުމަށް އެއްބަސްވުން ހިމެނެއެވެ.

މިއަދު އޮތް ރައީސް ސާލިހުގެ ކެމްޕެއިން ހަރަކާތް،  މާލޭގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގެވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރެއްވުމުން، މިކަމާއި ގުޅިގެންސަންގުވަނީ ސުވާލުކޮށްފައެވެ. ހާލަތު ބަދަލުވެ، އިންތިހާބުގައި އެމަނިކުފާނަށް ނާކާމިޔާބީ ލިބިވަޑައިގެންފިނަމަވެސް ތާއީދުކުރައްވާނީ ރިޔާސީ ނިޒާމަށްތޯސުވާލުކޮށްފައެވެ.

ރައީސް ސާލިހު ވިދާޅުވީ ޑިމޮކްރެޓްސްއިން އެމަނިކުފާނުގެ ފަހަތަށް ނޭރި ނަމަވެސް ހުންނަވާނީ އެއް ސްޓޭންޑެއްގައިކަމަށެވެ. ރައީސް ވިދާޅުވީ ގަރާރު ފާސްކޮށް މިހާރު އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށާއި އެ ނިންމުމައިގެން ކުރިއަށް ވަޑައިގަންނަވާނެކަމަށެވެ. އިލެކްޝަންސް ކޮމިޝަނުންވެސް މި ގަރާރު އެމަނިކުފާނަށް ފޮނުވާފައިވާކަމަށް ވިދާޅުވިއެވެ.

އަޅުގަނޑަކަށް ނެތް އެއަށް އިތުރު އިޝޫއެއް. އެކަމަކު ޕާޓީގެ ފަރާތުން އެކަމާ މެދު ގޮތެއް ނިންމާނީ އިންތިހާބަށް ފަހުގައި.

ރައީސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި، ނަމަވެސް ޕާޓީއިން މިކަމާއި ގުޅިގެން ވަކި ގޮތެއް ނިންމާނީ އިންތިހާބަށް ފަހުކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާގެ ކުރިން އެމަނިކުފާމު ވިދާޅުވަމުން ގެންދެވީ ނިޒާމީ ވޯޓެއް ނެގުމަށް ވަގުތު ނެތްކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: